ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 19:47
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިން
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިންގް
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
ރެކޯޑް އާކޮށްފައިވަނީ 05:07.35 އިން ރޭސް ފުރިހަމަ ކޮށްގެން
އެންމެ ފަހުން މި ރެކޯޑް ހަދާފައިވަނީ 05:26.02 ރޭސް ނިންމައިގެން

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ކުރިއަށްދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، ރާއްޖެ ތަމްސީލްކުރާ ފެތުންތެރިން، 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އާ ކޮށްފިއެވެ.

މި އިވެންޓުން ގައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ. މިއިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފައިވަނީ 05:07.35 އިން ރޭސްފުރިހަމަކޮށްގެންނެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް ގައެވެ. އެފަހަރު 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 05:26.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތަށް ރާއްޖެ ޓީމުން ބުޑަޕެސްޓަށް ގޮސްފައިވަނީ އަވަށްޓެރި ސްރީލަންކާގައި ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. ދިވެހި ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 22:07
ރިލޭ
ޤައުމު ފުންޑޭައިރުވެސް ދުވެފަ ބަހަށަޓާ ސާބަހޭ