Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 18:31
މާލޭ ޖަލު، ގްރޫޕަކުން ޖަލަށް ވަނީ އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން
މާލޭ ޖަލު، ގްރޫޕަކުން ޖަލަށް ވަނީ އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން
ފޭސްބުކް
ޖަލުގައި ހަމަނުޖެހުން
މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރުމުން މާލޭ ޖަލަށް ގްރޫޕަކުން ވަދެ އިންޒާރު ދީފި
މާލޭ ޖަލަށް ވަނީ ފަސް މީހުންގެ ގްރޫޕެއް
މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ކޮށްފަައިވޭ
ޖަލު އޮފިސަރަކަށް ވެސް ވަނީ އަނިޔާކޮށްފަ

މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މާލޭ ޖަލަށް ގްރޫޕަކުން ވަދެ ކަރެކްޝަނުގެ މުވައްޒަފުންނަށް އިންޒާރު ދީފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ކަރެކްޝަނުގެ އޮފިޝަލަކު ބުނީ މާލޭ ޖަލަށް ގްރޫޕަކުން ވަދެ އިންޒާރު ދީފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާ ބުނީ ޖަލަށް ވަނީ ފަސް ވަރަކަށް މީހުން ކަމަށާއި، އިތުރު ބަޔަކު ބޭރުގައި މަޑުކޮށްގެން ތިބި ކަމަށެވެ.

ކަރެކްޝަނުގެ މުވައްޒަފެއްގެ ގަޔަށް އަތްލާފައިނުވާ ކަމަށާއި ނަމަވެސް، ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ޖަލުގައި ތިބި ބައެއް މީހުންނާ "ނުބެހުމަށް" އިންޒާރު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މާފުށީ ޖަލުގައި ގައިދީންނާއި ކަރެކްޝަނުގެ މުވައްޒަފުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ގައިދީންތަކަކަށާއި ޖަލު ބަލަހައްޓާ އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ ފެށުނު އެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ ބުދަ ދުވަހުގެ މެންދުރު ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަކުން ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި މުގުރަކުން ތަޅާފައި ހުރި ތަން ފެނެ އެވެ. އަދި ގައިދީއެއްގެ ބުމަ މަތިން ފަޅާލާފައިވެސްވެއެވެ.

މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް، އެ ކޮމިޝަނުގެ ރަސްމީ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ކަރެކްޝަނުގެ އޮފިސަރަށް ލިބުނު އަނިޔާއާ ބެހޭ ގޮތުން ކަރެކްޝަނުން ތަފްސީލީ މައުލޫމާތު ހާމަނުކުރި ނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮފިސަރުގެ ކަރަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 ޖުލައި 2017 | ހުކުރު 07:54
ނަގޫ
ހިއުމަން ރައިޓްސް ކޮމިޝަން ރާއްޖޭގައި އޮވޭތަ؟؟ ނޭނގޭތީ ހަމަ އަހާލީ!
27 ޖުލައި 2017 | ބުރާސްފަތި 22:28
އާސިފުސޯޓް
ހައްތަހާވެސް ގޭންގު. ޔުނިފޯމް އެޅިއަސް ނުއެޅިޔަސް.