ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 18:02
އިންޓް ކޮލެޖް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމް ގައުމީ ޔުނިވާސިޓީ
އިންޓް ކޮލެޖް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމް ގައުމީ ޔުނިވާސިޓީ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ނެޓްބޯލް މުބާރާތް
އިންޓަ ކޮލެޖް ނެޓްބޯލް މުބާރާތް ގައުމީ ޔުނިވާސިޓީ އިން ކާމިޔާބުކޮށްފި
މިއީ ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް މުބާރާތް
މުބާރާތުގައި ޖުމްލަ 5 ޓީމް ވަނީ ވާދަކޮށްފަ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް ނެޓްބޯޅަ މުބާރާތް ގައުމީ ޔުނިވާސިޓީ އިން ކާމިޔާބު ކޮށްފިއެވެ.

ޖުމްލަ 5 ޓީމް ވާދަކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީ އިން ކާމިޔާބުކުރީ ފައިނަލުގައި ވިލާ ކޮލެޖާއި ވާދަކޮށްގެންނެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗް އެޓީމުން ކާމިޔާބުކުރީ 53-8 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމީ ޔުނަވާސިޓީގެ އަނާން އަލީ ރަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ގައުމީ ޔުނިވާސިޓީގެ އައިޝަތް އަނާން އަނިލް އާއި، ފާތިމަތު ނައުފާ އާއި، އަނާން އަލީ ރަޝީދާއި، އައިމިނަތް އީމާން އަބްދުލް ގަފޫރް އާއި، ވިލާ ކޮލެޖްގެ ޖޫޒާން ޚަލީލް އާއި، ނަފްހާ އަހްމަދު އާސިމް އާއި، އިސްލާމިކް ޔުނިވާސިޓީގެ ފަރިޔާލް އަލީއެވެ.

މިއީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮގެން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް މުބާރާތަށް ވާއިރު، މި މުބާރާތުގައި ވާދަކޮށްފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖްގެ އިތުރުން، މޯލްޑިވްސް ބިޒްނަސް ސްކޫލާއި، އެވިޑް ކޮލެޖް އަދި އިސްލާމިކް ޔުނިވާސިޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް