ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 18:00
ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި
ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެއްޗަކުން ތަޅާފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި
ރާއްޖެއެމްވީ
ގައިދީން ތަކަކަށް އަނިޔާލިބުން
މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!
ގައިދީންގެ ގައިގައި ތަޅާ އަނިޔާކޮށްފައި ހުރި ނިޝާތައް ހުރީ ފެންނަން
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ގައިދީއަކަށް ވަރަށް ބޮޑަށް އަނިޔާވި
ގައިދީއަކަށް އަނިޔާލިބިފައިވާކަން އެނގިފައިވާ ނުވާކަމަށް ކަރެކްޝަނުން ބުނޭ

ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ގައިދީން ތަކަކަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވަނީ އަނިޔާވި ބައެއް ގައިދީންނަށް ދީފައިވާ އަނިޔާތައް އެނގޭނެހެން ހުރި ފޮޓޯތަކެއް ޓްވީޓް ކުރައްވާފައެވެ. އަދި އޭގެ އިތުރު ފޮޓޯތަކެއް ވަނީ މީޑިއާއަށްވެސް ލިބިފައެވެ.

 

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ގައިދީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި އެއްޗަކުން ތަޅާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި ބައެއް ފޮޓޯތަކުގައި ހަށިގަނޑުގެ ބައެއް ތަންތަނުގައި ޒަޚަމްތަކެއް ފެންނާން ހުއްޓެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން ތިން މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

 

މި ހަމަނުޖެހުމުގައި ކަރެކްޝަންސް އޮފިސަރަކަށްވެސް ވަނީ އަނިޔާވެފައެވެ. އޭނާގެ ތުންފަތް ފަޅައިގެންގޮސް، ކަރަށް ވެސް ޒަޚަމަތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

 

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ، ގައިދީންތަކަކަށް އަނިޔާލިބުނުކަން އެނގިފައި ނުވާކަމަށެެވެ. އެހެންނަމަވެސް ޖަލު ބަލަހައްޓާ އޮފިސަރަކަށް އަނިޔާވެ އޭނާއަށް ފަރުވާދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ގައިދީންތަކަކާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގީ އަންގާރަދުވަހުގެރޭގެ ވަގުތެއްގައެެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްވެ، އާންމު ހާލަތަށް ގެނެވިފައި ވަނީ މެންދުރު ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ގައިދީންތަކާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ގައިދީންތަކަކާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްވެ، އާންމު ހާލަތަށް ގެނެވިފައި ވަނީ ބުދަ ދުވަހުގެ މެންދުރު ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ބުންޏެވެ.

- ކޮމެންޓް