ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 05:33
ލަޓާރޯ މާޓިނޭޒް
ލަޓާރޯ މާޓިނޭޒް
ގެޓީ އިމޭޖަސް
ިއިންޓަމިލާން
ލައުޓާރޯ ބަހައްޓަން އިންޓަގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރަނީ
 
ލައުޓާރޯ އަކީ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު ފޯވަޑް

ކެޕްޓަން އަދި ފޯވަޑް ލައުޓާރޯ މާޓިނޭޒް ކުލަބުގައި ބެހެއްޓުމަށް އިންޓަމިލާނުން އެކުލަބުގެ މުސާރައިގެ އޮނިގަނޑު ބަދަލު ކުރަން ނިންމައިފިއެވެ.

އާޖެންޓީނާގެ ފޯވަޑް ހުރީ އިންޓަމިލާނާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކުރާގޮތަށެވެ. ނަމަވެސް އޭނާ އަށް މިހާރު ދެމުން އަންނަ މުސާރަ ބޮޑުކޮށްދޭންޖެހެއެވެ. މި ގޮތުން އަހަރަކު އާމްދަނީގެ ގޮތުގައި 8.6 މިލިއަން ޑޮލަރާއި އިތުރު ބޯނަސް ލިބޭ ގޮތް ހެދުމަށް ކުލަބުގެ މުސާރައިގެ އޮނިގަނޑު ބަދަލު ކުރަންޖެހެނީއެވެ.

އިޓަލީގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ އިންޓަމިލާން މި ވަގުތު އޮތީ އިޓާލިއަން ލީގުގެ ކުރީގައެވެ. މިހެންވުމާވެސް އެކު ލައުޓާރޯ މާޓިނޭޒް ކުލަބުގައި ބަހައްޓަން ކުލަބުގެ ވެރިން ތިބީ ނިންމައިގެންނެވެ. ސަބަބަކީ އޭނާ އަކީ އިޓާލިއަން ލީގުގައި ވެސް އެންމެ ގިނަ ގޯލު ޖަހަމުން އަންނަ ފޯވަޑަށްވުމެވެ. އަދި ޔޫރަޕުގެ ގިނަ ކުލަބުތަކުން އޭނާ ގަތުމަށް ޝައުގުވެރިވާތީއެވެ.

ލައުޓާރޯ މާޓިނޭޒް އިންޓަމިލާނާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް 187 މެޗު ކުޅެދީ 97 ގޯލު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް