ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 06:45
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީޕީއެމް /ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުން
ޕީއެންސީ
ޕީޕީއެމް/ޕީއެންސީގެ އައު ލީޑަރު
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު
 
ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުކުރީ ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން

ސަރުކާރު ހިންގަމުން އަންނަ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުންނެވެ. އެހެންކަމުން ކޯލިޝަންގެ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ.

ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޔާމީން ޕާޓީއާ ދުރަށް ވަޑައިގެން ޕީއެންއެފްގެ ނަމުގައި އަންނަނީ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް