ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 19:40
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހުންތަކެއް ފުރަން ކިޔުހަދާފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހުންތަކެއް ފުރަން ކިޔުހަދާފައި
ރާއްޖެއެމްވީ
ތުއްތުކުއްޖަކު ވިހާފައި މަރާލުން
ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފި
ހައްޔަރުކުރީ ސްރީލަންކާ އަންހެނެއް
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން

އދ. ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 30 އަހަރުގެ ސްރީލަންކާ އަންހެނަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން އާދިއްތަ ދުވަހު މާލެ އައިސް ލަންކާއަށް ފުރަން ގޮސް ހުއްޓައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތްތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:20 ހާއިރުއެވެ.

ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެކުއްޖާ ފެނިފައިވަނީ ގޮނޑަށް ގޮސް، ކުނި ވަކިކުުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށެވެ. ކުއްޖާ އޮތީ ކަޅު ކޮތަޅުގެ 3 ކޮތަޅަށް ލާފައިކަމަށް އެ ރަށުން މީހަކު ރާއްޖެއެމްވީއަށް ކިޔާދިނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް