ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 22:55
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ރައީސް ޑޮކްޓަރ މުހައްމަދު އަލްޖާސިރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ރައީސް ޑޮކްޓަރ މުހައްމަދު އަލްޖާސިރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަގުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ރައީސް ޑޮކްޓަރ މުހައްމަދު އަލްޖާސިރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައެވެ. 

މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަގުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވަނީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން އެ މަނިކުފާނު އިއުލާނު ކުރެއްވި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާ ބެހޭގޮތުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތަފުސީލު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫއުތަކާއި، ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒާއި އައިއެސްޑީބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

- ކޮމެންޓް