ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 13:10
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
އެމްއެމްއޭއިން ޑޮލަރު ދޫކުރުން
‎ވޭތުވެދިޔަ ހަތަރު އަހަރަށްވުރެ ގިނައިން މިއަހަރު ޑޮލަރު ދޫކޮށްފައިވޭ: އެމްއެމްއޭ
 
ސަރުކާރުން ޑޮލަރު ވިއްކާ ރޭޓަކީ 15.42 ރުފިޔާ، ކަޅު ބާޒާރުގައި ޑޮލަރު ރޭޓު އުޅެނީ 18 ރުފިޔާއަށް ވުރެމަތީގައި
 
2019 ވަނަ އަހަރު ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ޖުމްލަ 626.6 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފައިވޭ
 
2023 ވަނަ އަހަރު އެމްއެމްއޭއިން ޖުމްލަ އިންޓަރވެންޝަން %3 ވަނީ އިތުރުކޮށްފައި

‎ވޭތުވެދިޔަ ހަތަރު އަހަރަށްވުރެ ގިނައިން މިއަހަރު ޑޮލަރު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ޖުމުލަ 626.6 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފައިވާއިރު، 2022 ވަނަ އަހަރު ނިމުނު އިރު މި އަދަދު 993.7 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު އެމްއެމްއޭއިން ޖުމްލަ އިންޓަރވެންޝަން %3 އަށް އިތުރުކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެމްއެމްއޭއިން ބުނީ 2022 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް 2023 ވަނަ އަހަރުވެސް އެސްޓީއޯއަށް ކާޑާއި ބޭހާއި އަދި ތެޔޮ އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރާއި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކުން ލޯނު އަނބުރާ ދައްކަން ބޭނުންވާ ޑޮލަރު ވެސް މި އޮތޯރިޓީއިން ފޯރުކޮށްދެމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ބޭންކު ތަކަށް ދިމާވާ ޑޮލަރުގެ ދަތިތަކަށް ހައްލު ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ މީހަކަށް 500 ޑޮލަރު ދޫކުރެވޭ ކަމަށާއި، ހައްޖާއި އުމްރާ ގްރޫޕްތަކަށް ޑޮލަރު ފޯރުކޮށްދޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ބޭސް ފަރުވާއާއި ތައުލީމު ހޯދާ ފަރާތްތަކަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ ދަށުން ޑޮލަރު ފޯރުކޮށްދޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ސަރުކާރުން ޑޮލަރު ވިއްކާ ރޭޓަކީ 15.42 އެކެވެ. ނަމަވެސް އެރޭޓުގައި މިހާރު ޑޮލަރު ހޯދުމަކީ ވަރަށް ދަތިކަމެއް ކަމަށް އާއްމު ރައްޔިތުން ބުނެއެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު ރޭޓު އުޅެނީ 18 ރުފިޔާއަށް ވުރެ މަތީގައެވެ. ގިނަ އަދަދެއްގެ ބިދޭސީން މިވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް