ކ. މާލެ
|
26 ޖުލައި 2017 | ބުދަ 19:12
ޝެރަތަން އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ބައްދަލުކުރި މެޗުގެ ތެރެއިން
ޝެރަތަން އާއި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ވޮލީ ރިސޯޓް ޓޯނަމެންޓް
މީރު ރަށް އައިލެންޑް ރިސޯޓް އަދި ޝެރަތަން އަށް މޮޅެއް
މީރުރަށް އައިލެންޑް ރިސޯޓުން ކުރުނބާ މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުން
ވަން އެންޑް އޮންލީ ރީތިރަށާއި ވާދަކޮށް ޝެރަތަން މޯލްޑިވްސް އިންވެސް މެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ސޮނީ ސްޕޯޓްސް 18 ވަނަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 1ގައި، ކުރުނބާ މޯލްޑިވްސްގެ މައްޗަށް މީރުރަށް އައިލެންޑް ރިސޯޓް އެންޑް ސްޕާއިން ފަސޭހަކަމާއި އެކު ކުރިހޯދައިފިއެވެ.

 

މީރު ރަށް ރިސޯޓުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް އެޓީމުން ކާމިބުކުރީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތަށް އެޓީމުން ގެންދިޔައީ 25-15، 25-14، އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީރު ރަށް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އަލީ ރަޝީދެވެ.

 

ޒޯން 1 ގައި ބުދަ ދުވަހު ކުޅުނު ދެވަނަ މެޗް ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާ ވާދަކޮށް ކާމިޔާބުކުރީ ޝެރެތަން މޯލްޑިވްސްއެވެ.

 

ޝެރެތަން މޯލްޑިވްސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް އެޓީމުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ޝެރެތަން މޯލްޑިވްސްއިން ސެޓުތަށް ގެންދިޔައީ 25-18، 25-23، އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝެރެތަން މޯލްޑިވްސްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

 

ޖުމްލަ ފަސް ޒޯން ހިމެނޭ މި މުބާރާތުގައި މިފަހަރު 21 ޓީމު ވާދަކުރާއިރު، އަލަށް ބައިވެރިވި ޓީމުތައްވެސް ހިމެނެއެވެ. އެހެން މުބާރާތްތަކާ ހިލާފަށް މިފަހަރު މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނަށެވެ.

- ކޮމެންޓް