Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 17:03
މެންބަރު އަބްދުﷲ ރިޔާޒް ކޯޓުކާއިރީގައި
މެންބަރު އަބްދުﷲ ރިޔާޒް ކޯޓުކާއިރީގައި
ރާއްޖެއެމްވީ
އަބްދުﷲ ރިޔާޒަށް ޗިޓް ފޮނުވުން
އިދިކޮޅު މެމްބަރުން ޕޮލިހަށް ހާޒިރުކުރަނީ!
ޙާޒިރުވުމަށް އަންގާފައިވަނީ ހުސައިން އާދަމް ބިލްޑިންގ އަށް
ހާޒިރު ކުރަނީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގަ

ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި މެމްބަރުންގެ މައްޗަށް، ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހްމަތުކޮށް، އެ މެމްބަރުންނަށް ފުލުހުން ޗިޓް ފޮނުވަން ފަށައިފި އެވެ. 

 

ބައެއް މެމްބަރުން މިރޭ ޕޮލިހަށް ހާޒިރުކުރާއިރު، މާދަމާ ހާޒިރު ވުމަށް ވެސް ބައެއް މެމްބަރުންނަށް ޗިޓް ފޮނުވާފައިވެ އެވެ. 
 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިރޭ 8:00 އަށް ޕޮލިހަށް ހާޒިރުވާން ޖެހޭއިރު، މާދަމާ ވެސް ބައެއް މެމްބަރުން ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ. 

 

ހާޒިރުކުރަނީ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގަ އެވެ.

 

ކުރެވޭ ތުހުމަތުގެ ހުލާސާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގެ ތުހުމަތުގައި  ސުވާލު ކުރުމަށް ކަމަށް  ފުލުހުންނަށް ހާޒިރުވުމަށް އަންގާ ޗިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.

 

ރާއްޖެޓީވީއަށް ވާހަކަދައްކަވަމުން، އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، މަޖިލީސް ބަންދުކޮށްގެންވެސް އުޅެނީ މި ސަބަބުތަކަށްޓަކަ އެވެ.

 

ރައީސް ޔާމީނަށް ކުރިއަށް އޮތްތަނުގައިވެސް ތާއީދު ދާނީ ގެއްލެމުންކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ކުރަމުންދާ މަސައްކަތްތައް ހުރަސް އެޅުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް