Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 17:05
އިނގެރޭސި ރާނީ، އެލިޒަބަތު 2
އިނގެރޭސި ރާނީ، އެލިޒަބަތު 2
ގެޓީ އިމޭޖަސް
މިނިވަން ދުވަސް
ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބަށް އެދެން: އިނގިރޭސި ރާނީ
މިއީ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް

ކުރިއަށް އޮތް އަހަރަކީ ދިވެހި ރައްޔިތުންނަށް ކާމިޔާބު، އުފާވެރި އަހަރަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނގެރޭސި ރާނީ، އެލިޒަބަތު  ވިދާޅުވެއްޖެއެވެ.

އިނގިރޭސިންގެ 'ހިމާޔަތުން' ދިވެހިންނަށް މިނިވަންކަން ލިބުނުތާ 52 އަހަރު ފާހަގަކުރަމުންދާއިރު، މި ދުވަހާ ގުޅިގެން، ރާނީ ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ކަމަށާ، ކުރިއަށް އޮތް އަހަރަކީ ދިވެހި ރައްޔިތުންނަށް ކާމިޔާބު، އުފާވެރި އަހަރަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޕްރޮޓެކްޓޮރޭޓް ސްޓޭޓެއްގެ ގޮތުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ހާރިޖީ މިނިވަންކަން ލިބިގެންދިޔައީ ދެ ޤައުމުގެ ދެމެދުގައި ދިގު މަޝްވަރާތަކެއް ކުރުމަށްފަހު 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިނގިރޭސިންގެ ހިމާޔަތުގައި 77 އަހަރު ރާއްޖެ އޮތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް