Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 14:34
ރައީސް އަބްދުﷲ ޔާމިން
ރައީސް އަބްދުﷲ ޔާމިން
ރައީސް އޮފީސް
ރައީސް ޔާމީން
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން
މުހިންމީ ރައްޔިތުންނަށް ޚިދުމަތްކުރުން
މިއީ، ސަރުކާރަށް ވާރުތަވީ މައްސަލަތަކެއް
މިއަދު މިކުރަނީ ހަނގުރާމަ

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ "ޑެޑްލޮކް" ނުވަތަ މަރުތަޅުއެޅުވޭ ގޮތަށް ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަތުގައި ގައުމާ މުހާތަބްކުރައްވާ ދެއްވި ޚިތާބުގައި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އެކުލަވާލެވިފައި ވަނީ ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗަށް، އެއް އަތް ފަހަތަށް ބަނދެގެން ނެރެވޭ ގޮތަށެވެ. އަދި ދުސްތޫރީ ނިޒާމު މިއޮތީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުޞަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ފަދަޔަކުން ހަމަޖެއްސިފައި ކަމަށާއި އަދި ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު، ތަނަވަސްކަން ކުޑަ ޤައުމަކަށް ހިންގޭ ވަރަށް ވުރެ، މާ އޮޅުންބޮޅުން ބޮޑުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޅަފަތުގައިވާ އަދި، ޑިމޮކްރަސީގެ އާދަތައް އެ ބައެއްގެ ތާރީޚުގައިނުވާ ދައުލަތަކަށް، އެއްދުވަހުން އެންމެ ފުރިހަމައަށް ތަންފީޛުކުރެވޭ ވަރަށް ވުރެ، ބުރަ ބޮޑުކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ، ރައްޔިތުން އިޚްތިޔާރުކުރާ މީހުން، ރައްޔިތުންގެ ކަންކަން ކުރަން ތިބުންކަމުގައިވާއިރު، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ބަލައިލި ނަމަވެސް، މިކަން އޮތީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމިން ވިދާޅުވީ މިއަދުގެ ހަނގުރާމައަކީ މިދިޔަ 4 އަހަރުދުވަހުގެ ތެރޭގައި، މި ޤައުމަށް އުފަންވީ މައްސަލަތަކެއް ނޫން ކަމަށާއި އެއާ ޚިލާފަށް މިއީ، ސަރުކާރަށް ވާރުތަވީ މައްސަލަތަކެއް ކަމުން، މި ޤައުމުގެ ހުންގާނުގައި ހިފީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރަން ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ، އަމިއްލަ އެދުމުން ފޮރުވިފައިވާ ސިޔާސީ ސުވާލުތަކަށް ޖަވާބުދިނުމަށް ވުރެ، މުހިންމީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށް ވިދާޅުވިއެވެ.

" ޤައުމުގައި އެތައް އަހަރުތަކެއްވަންދެން ޙައްލުނުވެ ހުރި މައްސަލަތަކަށް ޙައްލު ހޯދައިދިނުން. ތިޔަބޭފުޅުންގެ ދަރިންނަށް، އަދި އެދަރިންގެ ދަރިންނަށް، މާދަމާއަކީ ހިތްފަސޭހަ ދުވަސްތަކެއް ކަމުގައި ހަދައިދިނުން،" ރައީސް ވިދާޅުވިއެވެ. 

ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ހަނގުރާމަ އާއި ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކޮށް، އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމުތައް ފުރިހަމަކުރުމުގެ ހަނގުރާމައަކީ މިއަދު މިގައުމުގައި ހުރި މައްސަލަތައް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގެ ހަނގުރާމައާއި ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ، ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ހަނގުރާމަ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 20:13
ޙާޥާ
މިއަދުތޯ އެކަން އެގިލެއްވީ މެންބަރުން ގެއްލުނީމަ ހާދަދެރައޭ
26 ޖުލައި 2017 | ބުދަ 18:57
އެކަމަކު
ލަދު ހަޔާތްވެސްކުޑަ ދޯ
26 ޖުލައި 2017 | ބުދަ 17:10
ޭައަލިތަކުރު
ކޮރަޕްޝަން ޑެޑްލޮކު އެޅުވުމުގެ ޒިންމާ ރައްޔަތުން ހަވާލުކޮށްފައިވަނީ ރ.މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ހުދު އަމިއްލަ ފަރުދީ ޒިންމާއެއް. އެއީ ރ.ޔާމީން މިނިވަން ދުވަހުގެ ވާހަަކަޔަށް ތިސުރުހީ ހެދީމާ އަންނަނީ ހިނި. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކުރަން ހުދޫދެއް ނެތް މިނިވަންކަމެއް ނުދެވޭނެ.