Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 14:02
ބުދަ ދުވަހު ފުލުހުން ކުނޫޒު ބަންދު ކޮށްފައި: ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ފުލުހުންނާ ވާހަކަ ދައްކަވަނީ
ބުދަ ދުވަހު ފުލުހުން ކުނޫޒު ބަންދު ކޮށްފައި: ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ފުލުހުންނާ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
މ. ކުނޫޒު ބަލާފާސްކުރުން
ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ
ބުދަ ދުވަހު ފުލުހުން ބަލާފާސްކުރަމުން ނުދޭ، އެކަމަކު ކުނޫޒު ހުރީ ފުލުހުން ބަންދުކޮށްފަ
އެއްވެސް މީހަކަށް ކުނޫޒަށް ނުވަދެވޭ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަނީ ކުނޫޒުގައި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒު ބަލާ ފާސްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ހޯދައިގެން ފުލުހުން ދަނީ ޕާޓީގެ އޮފީހުގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅު ވެއްޖެ އެވެ.

ކުނޫޒު ސަރަހައްދުގައި ހުންނަވާ އަލީ ސޯލިހު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު ފުލުހުން ވަދެ ކުނޫޒު ބަލާފާސްކޮށްފައިވާ ކަމަށެވެ. ގާތްގަނޑަކަށް ފަސް ގަޑިއިރަށް ކުރިއަށްދިޔަ ބަލާފާސް ކުރުމަށް ފަހު، ފުލުހުން ވަނީ އެތަންނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެ ލިޔުމެއް ހަވާލު ކޮށްފަ އެވެ.

ކުނޫޒު ބަލާފާސްކުރުމަށް ފަހު، މުޅި އެސަރަހައްދުގައި ޖަހާފައިވާ ބެރިކޭޑްތައް ނަގާ މަގުވެ ސް ހުޅުވާލުމަށް ފަހު، ފުލުހުން އެސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް ބުދަ ދުވަހުގެ ހެނދުނު އެނެއްކާ ވެސް ފުލުހުން ވަނީ ކުނޫޒް ބަންދުކޮށްފައެވެ. 

"ފުލުހުން ބަލާފާސްކޮށް ނިންމާ، އެތަން ދޫކޮށް ފުލުހުން ދިއުމުން އަޅުގަނޑުމެން ނިންމީ މިއަދު ހެނދުނު، 10:00އަށް އޮފީހުގެ މަސައްކަތަށް ނިކުތުމަށް. އެގޮތުން މިއަދު އެގަޑީގައި އަޅުގަނޑު އެންމެ ފުރަތަމަ އޮފީހަށް އައީ. އައިއިރު ދެ ފުލުހަކު ތިބި ދޮރުމަތީ، އެ ދެ ފުލުހުން ބުނީ އޮފީހަށް ނުވަދެވޭނެޔޭ. ބަލާ ފާސްކުރަންވީ، އެކަމަކު އޮފީހުގެ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެ. ކޯޓު އަމުރުގައި އޮތީ ބަލާފާސްކުރަން 72 ގަޑިއިރު ވަންދެން، އެކަން ކުރިއަސް އެންމެ ރަނގަޅު، އެކަމަކު 72 ގަޑިއިރު ވަންދެން ޖުމްހޫރީ ޕާޓީގެ އޮފީސް ބަންދުކޮށްފައި ކިހިނެއްތޯ ބަހައްޓާނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ބަލާފާސްކުރުމުގެ އަމުރުގެ ދަށުން ފުލުހުން ބުދަ ދުވަހު ކުނޫޒް ބަލާފާސް ކުރަމުން ނުދާ ކަމަށާއި ފުލުހުން ވަނީ ކުނޫޒަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ ކަމަށެެވެ. ޖުމްހޫރީ ޕާޓީގެ އޮފީހުގެ މުވައްޒަފުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލުންނާއި ސެކްރެޓަރީ ގެނަރަލް އަހުމަދު ސަމީރު ފުލުހުުންގެ އިދާރާއަށް ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް ބުދަ ދުވަހު ވިދާޅުވީ ކުނޫޒުގައި ބަލާފާސްކުރަން ކަނޑައެޅިފައިވާ ތަންތަނާއި ތަކެތި ކޯޓު އަމުރު ދީފައިވާ ވަގުތާ ހަމައަށް ބަލާފާސްކުރުން ކުރިއަށްދާނެ ކަަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލާފާސްކުރުމަށް ފަހު، ފުލުހުން ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސްކުރެވުނު ތަކެއްޗާއިބެހޭ ގޮތުން ދޫކޮށްފައިވާ ލިޔުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ކުނޫޒު އެއްކޮށް ބަލާފާސްކޮށް ނިންމުމަށް ފަހު ދުކޮށްފައިވާ ލިޔުމެއް ނޫން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މ. ކުނޫޒް ފުލުހުން ބަލައިފާސްކުރަން ފަށާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 20:30 އެހާކަންހާއިރު އެވެ. ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އެ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން އެތަނުގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެފައި ވަނީ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ބުނެ ފުލުހުން ލިޔުމެއް ދިން ކަމަށެވެ. ކުނޫޒު ބަލާ ފާސްކުރުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ފުލުހުން ނިކުތީ ދަންވަރު 1.30 ހާއިރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 14:09
ސައްޕޭ
ތިވެރިން ނިދާފައިތިއްބާ އިއޮވައްދަނީ އެއްޗެހި، ކެމަރާތަކާއެއްޗެހި ރެޑީކުރޭ ކާރީގޭގޭގެ މަތީގައި ކެމަރާބަހައްޓާގެންނަމަވެސް ސަލާމަތްވޭތޯ ބަލާ، ކޮންޤާނޫނާއި ޚިލާފަކިޔަކިޔަ ތިތިބީ، އެއްޗެހިވައްްދާފައި އިދިކޮޅު އިސްވެރިންގެ ޓީމުބަންދުކުރަންވެގެން އެއުޅެނީ!... ރެޑީވޭ