ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 09:41
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
މާލޭގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުން
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 ޒުވާނުންގެ ހާލު ސީރިއަސް
މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިން
ފަރުވާ ހޯދަމުންދަނީ 19 އަހަރުގެ ފިރިހެނެކާއި، 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެއް
އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން

މާލޭ ބޮޑުތަކުރުފާނު މަގުގައި ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 ޒުވާނުން ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އަޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަކާއި ގުޅިގެން ތިން ޒުވާނަކު ހޮސްޕިޓަލަށް ގެނެސް ރެޑް ޒޯންގައި ފަރުވާ ދެމުންދާ ކަމަށެވެ. އެއީ 19 އަހަރުގެ ފިރިހެނެކާއި، 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ، ބުދަ ދުވަހުގެ ރޭ 23:26 އެހާކަންހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިންނެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މާލެސިޓީގައި މި ފަހަކަށް އައިސް ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އަދި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަނީ މިމަހުގެ 28 ވަނަ ދުވަހު ނިޔާވެފައެވެ.

- ކޮމެންޓް