ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 16:28
ބަޔާންއަށް ލަނޑުޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
ބަޔާންއަށް ލަނޑުޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް
ރޮއިޓަސް
ހެރީ ކޭން
ބަޔާންއަށް ދިއުމަކީ ކޭންގެ ރަނގަޅު ނިންމުމެއް: ގައުމީ ކޯޗު
އިނގިރޭސީންގެ އަމާޒަކީ އަންނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުން: ކޯޗު

އިނގިރޭސި ގައުމީ ކެޕްޓަން ހެރީ ކޭން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވުމަކީ އޭނާ ނިންމި ރަނގަޅު ނިންމުމެއް ކަމަށާއި، އޭގެ ފައިދާ އޭނާއާއި ގައުމީ ޓީމަށްވެސް ކުރާނެކަމަށް، ގައުމީ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޓޮޓެންހަމް ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން ޓީމަށް ބަދަލުވި ފޯވާޑާ ބެހޭގޮތުން އިނގިރޭސި ކޯޗު މިހެން ބުނީ، ކޭންގެ މުސްތަގްބަލާމެދު ގޮތެއް ނުނިމިދިޔަ މުއްދަތުގައި ކުޅުންތެރިޔާގެ ފަރާތުން ނުތަނަވަސްކަން ފެނިފައިވާކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

އެއީ އޭނަގެ މުސްތަގުބަލަށްޓަކާ ނިންމި ވަރަށް ރަނގަޅު ނިންމުމެއް. އޭނަ އެއް ކުލަބެއްގަ ވަރަށް ގިނަ ދުވަހު ހުރެފި. އެކަމަކު ކުލަބު ބަދަލު ކުރުމާއެކު އޭނައަށް ކުރިއެރުން އަންނާނެ. އާ ކުޅުންތެރިންނާ، އާ ކޯޗިން ސްޓާފުންނާ، މުޅިން އާ ބަޔަކާއެކު މަސައްކަތްކުރަން ޖެހުމުން އޭނައަށް ކަންތައްތަކެއް ދަސްވެގެންދާނެ. މީގެ ސަބަބުން އިތުރަށް ކުރިއަރަން އޭނައަށް އިތުރު ޖޯޝެއް ލިބޭނެ.
ސައުތުގޭޓް

ކޭންއަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ރަންބޫޓުވެސް ހޯދިއެވެ. އެކަމަކު ގައުމީ ޓީމާއެކު ތައްޓެއް ހޯދޭގޮތެއް ނުވިއެވެ. އެންމެ ބޮޑުވަރަކަށް ވީވެސް ޔޫރޯ 2020ގެ ފައިނަލް ކުޅުމެވެ.

އޭރުވެސް ގައުމީ ކޯޗުކަމުގައި ހުރި ސައުތުގޭޓް ބުނީ ކޭންއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ތަށި ލިބޭ ފެންވަރުގެ ޓީމެއްގައި ކޮންމެހެން ހުންނަންޖެހޭ ކުޅުންތެރިއެއް ކަމަށެވެ.

ތަށިތަކެއް ހޯދަން ފެށީމަ އޭނައަށް މުޅިން ތަފާތު އިހުސާސެއް ކުރެވޭނެ. އޭގެ ސަބަބުން އޭނައަށް ގައުމީ ޓީމާއެކު ކާމިޔާބު ހާސިލްކުރަން ފަސޭހަވާނެ. ކޭން މިހާރު ބަޔާންއަށް ހޭނިއްޖެ. މިހާރު ގޯލު ޖެހުމުގަވެސް ދަނީ ތަފާތު ދައްކަމުން.
ސައުތުގޭޓް

މި އަހަރަކީ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް އޮތް އަހަރެއްކަން ފާހަގަކުރަމުން ސައުތުގޭޓް އިތުރަށް ބުނީ، އިނގިރޭސިންގެ އަމާޒަކީ އަންނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުން ކަމަށެވެ. އަދި އެ މުބާރާތަށް ކޭން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފިޓްކޮށްހުރުން ވަރަށް މުހިންމު ކަމަށެވެ.

- ކޮމެންޓް