ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 12:11
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
ރާއްޖެއެމްވީ
ޕީއެންސީން މަޖިލީހަށް ނުކުތުން
މަޖިލިސް އިންތިޚާބަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ހުރިހާ ކެންޑިޑޭޓުން ވާދަކުރާނީ ޕީއެންސީގެ ޓިކެޓުގައި: މުއާޒު
 
އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުން ވާދަކުރީ ޕީޕީއެމްގެ ޓިކެޓުގައި
 
ޕީޕީއެމް-ޕީއެންސީ ކުރިއަށްދާނީ އެއްކޮށް
 
އިންތިޚާބަށް ރައީސް މުއިއްޒު ވެސް ނުކުންނެވީ ޕީއެންސީގެ ޓިކެޓުގައި

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ހުރިހާ ކެންޑިޑޭޓުން ވާދަކުރާނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުއާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބަށް ނުކުންނެވީ ޕީޕީއެމްގެ ނާއިބު ރައީސް ކަމުގައި ހުންނެވުމަށްފަހު، ޕާޓީން ވަކިވެވަޑައިގަންނަވާ ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު، ޕީއެންސީގެ ޓިކެޓުގައި ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެއްވީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމުގެ މަތީން ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ އެއް ފިކުރެއްގެ އެއްބައެއް ކަމަށާއި، ދެ ޕާޓީގެ އޮފީސް ހިންގަމުން އައީ އެއްތާކު ކަމަށެވެ. ޕީޕީއެމް-ޕީއެންސީއަކީ އެއްބައެއްގެ ގޮތުގައި ގަބޫލުކޮށް ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ. އެގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުން ވާދަކުރީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށް މުއާޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވައި މުއާޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކުރިއަށްދާނީ އެއްކޮށް ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވާދަކުރާނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ރައީސް މުއިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް ވާދަކުރިތޯ. ވާދައެއް ނުކުރޭ އެނގޭތޯ. ދެ ޕާޓީން ނިންމީ ސެނެޓުން ނިންމާފައި އޮންނާނީ ވާދަކުރައްވާ ހުރިހާ ފަރާތްތައް ވާދަކުރަންޖެހޭނީ ޕީޕީއެމްގެ ޓިކެޓުގައޭ. އެއީ ޕީއެންސީގެ މެންބަރަކަށް ވިޔަސް ބަދަލުވެގެން އެނގޭތޯ. އެކަމުގެ ހެތްކެތް ނޫންތޯ އިބްރާހީމް ޝުޖާއު ހުޅުމާލެ ދާއިރާއަށް. އިބްރާހީމް ޝުޖާއު އަކީ ޕީއެންސީގެ ނާއިބު ރައީސް. އެކަމަކު ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރެއްވީ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު

ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން މަޖިލިސް އިންތިޚާބަށް ނެރުމަށް ބައެއް ޕީޕީއެމް މެންބަރުން ދެކޮޅު ހަދާކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އެއީ އެ މީހުންގެ މައްސަލައެއް ކަމަށާއި، އެގޮތަށް ކަންތައް ކުރަނީ އެ ޕާޓީ ބައިބައި ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ޕާޓީ މަގުމަތި ކުރަން ބޭނުންވާ ފަރާތްތަކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް