ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 12:30
ގދ. ތިނަދޫ
ގދ. ތިނަދޫ
ސޯޝަލް މީޑިއާ
ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުން
ތިނަދޫ، ސިޓީއެއްގެ ގޮތުގައި ބަލައިނުގަތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
 
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ 30 އޮގަސްޓް 2023ގައި
 
ސިޓީއަކަށް ބަދަލުވިފަހުން ވެސް، ލޯކަލް ގަވަރމަންޓުން ލިއުންތައް ފޮނުވަމުންދަނީ ރަށު ކައުންސިލްތަކަށް ލިޔުން ފޮނުވާގޮތަށް
 
ގާނޫނު ހަނިކޮށް މާނަކުރުމުން އެކަން ބަލައިގަންނަން ދަތި

ގދ. ތިނަދޫ، ސިޓީއެއްގެ ގޮތުގައި ބަލައިނުގަތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އެކި ފަރާތްތަކުން އެ ގަރާރު މާނަކުރަމުންދަނީ އެކި ގޮތަށް ކަމަށާއި، ފުށުއަރާ ބައެއް ކަންކަން ހުރުމުން، އެ މައްސަލަ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައި ވާކަމަށެވެ. ސައުދު ވިދާޅުވީ، ގާނޫނު ހަދަނީ މަޖިލީހުން ކަމަށާއި، ގާނޫނު އެންމެ ރަނގަޅަށް މާނަކޮށްދެވޭނީވެސް މަޖިލީހަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުން ވަރަށް އަވަހަށް ސާފުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ގާނޫނަކީ ރައްޔިތުންނަށްޓަކައި ތަންފީޒުކުރާ އެއްޗަކަށްވާއިރު، ތަންފީޒުކޮށް އަމަލުކުރަމުން ދާންވާނީ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް ކަމަށެވެ. އެހެންކަމުން ގާނޫނު ހަނިކޮށް މާނަކުރުމުން އެކަން ބަލައިގަތުމަށް ދަތިކަމަށާއި، ގާނޫނުތައް ފުޅާކޮށް މާނަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ބަދަލުވިފަހުންވެސް ލޯކަލް ގަވަރމަންޓުން ލިޔުންތައް ފޮނުވަމުންދަނީ ރަށު ކައުންސިލްތަކަށް ލިޔުން ފޮނުވާގޮތަށް ކަމަށާއި، ސިޓީއެއްގެ ދަރަޖަ ދީފައިނުވާކަމަށެވެ. މީގެ އިތުރުން، އަމަލުކުރަމުންދަނީވެސް ރަށު ކައުންސިލްތަކާމެދު އަމަލުކުރާ އުސޫލުންކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެ މައްސަލަވެސް ލޯކަލް ގަވަރމަންޓްގެ ސަމާލުކަމަށް ގެންނަވާފައި ވާކަމަށާއި، މައްސަލަ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައި ވާކަމަށެވެ. ނަމަވެސް އަދިވެސް ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ތިނަދޫ، ސިޓީއެއްގެ ގޮތުގައި ބަލައިނުގަތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ތިނަދޫ ސިޓީއަކަށް ބަދަލުކުރި ކުރުން މި ސަރުކާރުން ގަބޫލުނުކުރަން ނިންމާފައިވާކަމަށް ބުނެ ދަައްކާ ވާހަކަތައް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ދޮގުކުރައްވާފައެވެ. ބައެއް މީޑިއާތަކަށް މިނިސްޓަރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަަސްވަރު ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވަން އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެކަން ކޮށްފައިވަނީ ބަލަންޖެހޭ ކަންކަން ނުބަލައި، ގާނޫނީ އިމުން ބޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ކުރަމުން އަންނަނީ ގާނޫނީ އިޖުރާއަތުތަކަށް އެކަން ފެއްތުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ތިނަދޫ، ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.

ގދ. ތިނަދުއަކީ 30 އޮގަސްޓް 2023ވީ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެގޮތުގައި ކަނޑައަޅުއްވާފައި ވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 51 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އެކަށައެޅުއްވި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި