ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 06:07
ރައީސް ޑރ މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން
ރައީސް ޑރ މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން
ރައީސް އޮފީސް
ރައީސްގެ ދިފާއުގައި ވަޒީރުން
ރައީސްގެ ދިފާއުގައި ވަޒީރުން ނިކުންނަވައިފި
 
ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައި

ސަރުކާރު ހިންގާ މައި ކޯލިޝަން ޕީޕީއެމް ޕީއެންސީ ގެ ލީޑަރޝިޕްގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއެކު ތިއްބެވިކަން އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ވަޒީރުން ހާމަކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕާ ގުޅުން ގޯސްވެ އެންމެ ފަހުން ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެއާއެކު ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން ގެންދަވަނީ މުއިއްޒު އާއެކު ތިއްބެވިކަން ހާމަކުރައްވަމުންނެވެ.

އެގޮތުން ޔާމީން އާ އަރިސް ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ފެންނަމުންދިޔަ ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން އެކްސްއަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއެކުކަމަށެވެ. އަދި ގައުމު ދެކެ ލޯބިވާ ރައްޔިތުން ރައީސް މުއިއްޒު އާއެކު ކުރިޔަށްދިޔުމަށް މިނިސްޓަރ ޣައްސާން ގޮވާލެއްވިއެވެ.

ޕީޕީއެމްގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ރައީސް އަބްދުﷲ ޔާމީން އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި ޣައްސާން ހުންނެވީ ޔާމީން ފަޅީގައެވެ. ޔާމީން ޣައްސާންގެ ބައްޕާފުޅު މައުމޫން ޖަލަށްލެއްވުމުންވެސް ޣައްސާން ހުންނެވީ ޔާމީން އާއެކުއެވެ.

އޭގެފަހުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވެރިކަން ގެނައުމަށް މަސައްކަތްކުރި ފަދައިން ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމަށެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރައީސްގެ ދިފާއުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު، މިތިއްބެވީ ރައީސް ޑރ މުއިއްޒު އާއެކުކަމަށެވެ.

އަނެއްކޮޅުން މިހުރިހާ ދުވަހު ރައީސް ޔާމީންގެ އަރިހުގައި ހުންނެވި އަބްދުއްރަހީމްވެސް ވަނީ ރައީސްގެ ދިފާއުގައި ނިކުންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް