ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 08:50
ވީއައިއޭގައި ގާއިމްކުރަމުންދާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް
ވީއައިއޭގައި ގާއިމްކުރަމުންދާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް
އެމްއޭސީއެލް
އޮޓޯ ބެގޭޖް ހެންޑްލިން ގާއިމްކުރުން
ވީއައިއޭގައި ގާއިމްކުރާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަމަހު ބޭނުންކުރަން ފަށަނީ
 
އަވަސް ފަސޭހަ ޚިދުމަތްތަކެއް އާއްމުންނަށް ލިބޭނެ
 
ބެގޭޖް ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓު ކުރިމަތީގައި ގިނައިރު ކިއު ހަދައިގެން ތިބެން ނުޖެހޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގާއިމްކުރާ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަމަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ވީއައިއޭގެ އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލްގައި އިން-ލައިން ބެގޭޖް ހެންޑްލިންގ އެންޑް ސްކްރީނިންގ ސިސްޓަމެއް އިންސްޓޯލް ކުރަމުންދާ ކަމަށާއި، ސިސްޓަމް އެއްކޮށް އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނީ އަންނަ މަހު ކަމަށެވެ. މި މަޝްރޫއާއެކު ސެކިއުރިޓީ ސްކްރީނިން އޮޕްޓިމައިޒްކޮށް، ރައްކާތެރި، އަދި ފަސޭހަ ދަތުރުތައް ކަށަވަރުކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނީ މި ބެގޭޖް ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓު ކުރިމަތީގައި ގިނައިރު ކިއު ހަދައިގެން ތިބެން ނުޖެހޭނެ ކަމަށާއި، އަވަސް ފަސޭހަ ޚިދުމަތްތަކެއް އާއްމުންނަށް ލިބޭނެ ކަމަށެވެ.

މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ބެގޭޖް ޗެކްއިން ކުރުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދާނެ އެވެ. އަދި ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް މި ސިސްޓަމުން ބޭނުންކުރާނެ އެވެ.

ވީއައިއޭގައި އެމްއޭސީއެލް އިން ގާއިމުކުރާ އިންލައިން ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމަކީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ވެސް ބޭނުންކުރާ ޒަމާނީ ސިސްޓަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 އެމްއެލްއަށްވުރެ ގިނަކޮށް ނުގެންދެވޭގޮތަށް ހަދައިފި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ