ހަފްތާ ބަންދުގައި ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި ދެކުނަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.