ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 19:58
އަހުމަދު ސުހައިލް (ބަންބޫޗް)
އަހުމަދު ސުހައިލް (ބަންބޫޗް)
ފޭސްބުކް
ޓީސީ ސްޕޯޓްސް ކްލަބު
ޒާދު އާއި ބަމްބޫޗް ޓީސީއާއި ގުޅިއްޖެ
ޓީސީ އަން ވަނީ މިފަހަރުގެ ޓްރާންސްފާގައި 3 ކުޅުންތެރިއެއްގެ ސޮއެ ހޯދާފައި
ޓީސީ އިން ވަނީ މިސްރުގެ މިޑްފިލްޑަރެއް ކަމަށްވާ ޙަލީލް އަލް ބަޒަވީ ވެސް ގެނެސްފަ

ކްލަބް އީގަލްސް އަށް ކުޅެމުން އައި ޑިފެންޑަރު އަހުމަދު ޒާދު އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެމުން އައި އަހުމަދު ސުހައިލް (ބަމްބޫޗް) ޓީސީ ސްޕޯޓްސް ކްލަބާއި ގުޅިއްޖެއެވެ.

ޓީސީ އާއި ގުޅިފައިވާ ޒާދު ވަނީ މީގެ ކުރިން ގައުމީ ޓީމުގައިވެސް ހިމެނިފައެވެ. ކުރިންވެސް ޓީސީ އަށް ކުޅެފައިވާ ޒާދު ޓީސީ އާއި މި ގުޅުނީ ދެވަނަ ފަހަރަށެވެ. މައުލޫމާތު ލިބޭގޮތުއި ޒާދު ޓީސީއަށް ސޮއެކުރީ މިސީޒަނުގެ ނިޔަލަށެވެ. ޒާދު ވަނީ މީގެ ކުރިން ބީޖީ، ވެލެންސިއާ އަދި ވިޔަންސާ އަށްވެސް ކުޅެފައެވެ.

މާލެ ލީގު ތާވަލުގެ 3 ވަނައިގައި އޮވެ ނިއުރޭޑިއަންޓުން ޕްރެމިއާ ލީގަށް ކޮލިފައިވެ، ސްކޮޑް ވަރުގަދަ ކުރަމުން އަންނަ ދަނޑިވަޅެއްގައި އެކުލަބަށް ކުޅެމުން އައި ޒުވާން ކުޅުންތެރިޔާ އަހުމަދު ސުހައިލް ވެސް ވަނީ ޓީސީއާއި ގުޅިފައެވެ. ފާއިތުވި 4 އަހަރު އޭނާ ވަނީ ނިއުރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޓީސީއިން ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން މީޑިއާތަކާއި ވާހަކަ ދައްކަމުން އެކުލަބުގެ ކޯޗް އަހުމަދު ނިޒާމް (ނިޒާމްބެ) ވަނީ، މިފަހަރުގެ ޓްރާންސްފާގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީސީއަށް ޖޮއިން ކުރާނެ ކަމަށް ބުނެފައެވެ.

ޒާދު އާއި ބަންބޫޗް ގެ އިތުރުން އެޓީމުން ވަނީ މިފަހަރުގެ ޓްރާންސްފާގައި މިސްރުގެ މިޑްފިލްޑަރެއް ކަމަށްވާ ޙަލީލް އަލް ބަޒަވީ ވެސް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް