ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 14:28
ުޔޫރޯ 2020ގެ ތައްޓާއެކު އިޓަލީގެ ޓީމް
ުޔޫރޯ 2020ގެ ތައްޓާއެކު އިޓަލީގެ ޓީމް
ގެޓީ އިމޭޖަސް
ޔޫރޯ 2024
ޔޫރޯގައި އިޓަލީ އުނދަގޫ ގްރޫޕަކަށް ހިނގައިދާނެ
 
ޔޫރޯގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު

އަންނަ އަހަރު ބާއްވާ ޔޫރަޕުގެ ފުޓްބޯޅަ މުބާރާތް ޔޫރޯގައި ޗެމްޕިއަން އިޓަލީ އުނދަގޫ ގްރޫޕަކަށް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

ޖޫން މަހު ޖަރުމަނުގައި ފަށާ މުބާރާތުގައި އިޓަލީ ލައްވާލީ ސީޑްނުކުރާ ގައުމުތަކުގެ ތެރޭގަ އެވެ. މި ގޮތުން އިޓަލީ ހިމެނުނީ ކޮލިފައިވި ގައުމުތަކުގެ ތެރެއިން އެންމެ ދަށް ފަންތީގެ ގައުމުތައް ހިމެނޭ ބައިގަ އެވެ. މި ގޮތަށް ހަމަޖެހުނީ ކޮލިފައިންގައި ޓީމުތައް ދެއްކި ކުޅުމާއި ނަތީޖާ އަށް ބަލައިގެން ގައުމުތައް ސީޑްކުރުމުންނެވެ.

އެއްވަނާގައި ސީޑްކުރީ ފަސް ގައުމެކެވެ. އެއީ ޖަރުމަނާއި ޕޯޗުގަލް އަދި ބެލްޖިއަމާއި ސްޕޭނާއި އިނގިރޭސިވިލާތެވެ. ދެ ވަނަ ސީޑުގައި ހިމެނީ ހަންގޭރީ އާއި ތުރުކީ، ޑެންމާކް، އަލްބޭނިއާ، ރޫމޭނިޔާ އަދި އޮސްޓްރިއާ އެވެ. ތިން ވަނަ ސީޑުގައި ހިމެނެނީ ނެދަލޭންޑްސް، ސްކޮޓްލޭންޑް، ކްރޮއޭޝިޔާ، ސްލޮވީނިއާ، ސްލޮވާކިޔާ އަދި ޗެކްރިޕްބްލިކެވެ. ހަތަރުވަނަ އަދި އެންމެ ދަށް ސީޑުގައި ހިމެނެނީ އިޓަލީ އާއި ސާބިއާ އާއި ސްވިޒަލޭންޑް އާއި ޕްލޭއޯފް ކުޅެން އަންނަ ތިން ޓީމެވެ.

ޕްލޭއޯފްގައި ވާދަކުރާނީ ޕޮލެންޑް، ވޭލްސް، އެސްޓޯނިއާ، ބޮސްނިއާ، ހެރެޒެގޮވީނާ، އިސްރާއީލް، ޖޯޖިއާ، ލަގްޒަމްބާގު އަދި ކަޒަކްސްތާނެވެ.

ޔޫރޯގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ޖަރުމަނުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް