Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 15:22
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް
ޓްވިޓަރ
މެންބަރު މުހައްމަދު ވަހީދު
މެންބަރު ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފި
ވަހީދު ހައްޔަރުކުރީ ހޯމަ ދުވަހުގެ ރޭ
ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަން މައްސަލަ
ވަހީދުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ބުނޭ

 ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ވަހީދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން އަމުރު ކުރީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި 15 ދުވަސް ވަންދެން އޭނާ ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.

ވަހީދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އެވެ.

އޭނާ ހައްޔަރުކުރުމަށް ނެރުނު ކޯޓް އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރަން ޖެހެނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި އޭނާ ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ އޭނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އާއި މައްސަލައިގެ ހެއްކަން ނުފޫޒު ފޯރުވާފާނެތީ ކަމަށެވެ.

މެމްބަރު ވަހީދުގެ މައްޗަށް ލިބިފައިވާ ހެއްކެއްގެ ގޮތުގައި އަމުރުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ސިޓީއެއްގެ ކޮޕީއެވެ. 

ޕީޕީއެމްއިން ވަކިކުރި މެމްބަރުންގެ ގޮނޑީ ގެއްލުމާ ގުޅޭ ގޮތުން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ މެމްބަރުންގެ ގޮނޑީ ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ. 

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ ހޯމަ ދުވަހު ވެސް ވަހީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ތުހްމަތުކުރީ މެމެބަރެއްގެ ގޮތުގައި ނެތި މަޖިލީހުގެ އިދާރާއަށް ވެންނެވުމެވެ. ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް