Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 13:21
މެމްބަރު މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާގެ ތެރޭގައި
މެމްބަރު މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާގެ ތެރޭގައި
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ހިސޯރު ނުކުރާކަމަށް ބުނެފައި ވަނިކޮށް، މިއަދުވެސް މެމްބަރުންނަށް މަޖިލީހަށް ނުވަދެވުނު!
މިއަދުވެސް އެއްވެސް މެމްބަރަކަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ
މަޖިލީހުގެ އިދާރާގެ ހުރިހާ ދޮރެއްގައި ވަނީ ތަޅު އަޅުވާފަ
ސަރުކާރުން ބުނަނީ މަޖިލިސް ހިސޯރު ނުކުރާކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިސޯރުކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް، އަންގާރަ ދުވަހު ވެސް މަޖިލީހުގެ  މެމްބަރުނަށް މަޖިލީހަށް ނުވަދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަންގާރަ ދުވަހުގެ ހެނދުނު ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާފަ އެވެ. މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާއަށް ވެއްނެވުމާއެކު ސިފައިން ވަނީ އެ ދެ މެމްބަރުން ނެރެލާފަ އެވެ.

މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ސިފައިން ބޭނުންކުރާ ވައްތަރަކަށްދާ ކެމަފްލާޖް ޔުނީފޯމެއްގަ އެވެ.

މަޖިލީހުގެ އިދާރާއިން އެ ދެ މެމްބަރުން ނެރުމާ ގުޅިގެން މަހްލޫފާއި އީވާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ސިފައިންލާ ވައްތަރަކަށްދާ ގަމީހެއްގައި މަޖިލީހަށް ވަޑައިގެންނެވީ ސިފައިންގެ ބެލުމުގެ ދަށުގައި މަޖިލިސް އޮތުމުން އެގޮތަށް ވަޑައިގެންނެވުމުން މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ދޭނެ ކަމަށް ބެލެވޭތީ ކަމަށެވެ. 

މެމްބަރު މަހްލޫފާއި މެމްބަރު އީވާ މަޖިލީހުގެ އިދާރާގެ ބޭރުގައި އިންޓަރވިއު ދެއްވަނީ 

މަހްލޫފާއި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ސިފައިން ހިސޯރުކޮށްފައި ކަމަށާއި މަޖިލީހުގެ އިދާރާގައި ވެސް މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީވާނެ ބޭފުޅެއް ނެތް ކަމަށެވެ.

 

މަހްލޫފާއި އީވާ ވެސް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ވަދެވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި އެ ބޭފުޅުންނަކީ ރައްޔިތުންނަށް ހިދްމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުން ކަމަށެވެ.

މަޖިލީހަށް ވަދެ ވަޑައި ނުގެންނެވުމުން މަހްލޫފާއި އީވާ އެތަން ދޫކުރައްވައި ވަޑައިގެންނެވިތާ ކުޑައިރުކޮށްޅެއްގެ ތެރޭގައި ނިޅިވަރަމްފަރު ދާއިރާގެ މެމްބަރު ހުސައިން އަރީފް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އަރީފް ވަޑައިގެންނެވީ މަޖިލީހުގެ އިދާރާގައި ބޭއްވިފައިވާ އޭނާގެ އަވި އައިނު ނެންގެވުމަށް ކަމަށް އަރީފް ވިދާޅުވިއެވެ. ނަމަވެސް އަރީފަށް ވެސް މަޖިލީހަށް ވަދެވަޑައިގެންނެވޭ ގޮތް ނުވި އެވެ. ފަހުން މަޖިލީހުގެ އިދާރީ މުވައްޒަފެއް މެދުވެރިކޮށް އަރީފާ ވަނީ އޭނާގެ އައިނު ހަވާލުކޮށްފައެވެ.

މެމްބަރު ހުސައިން އަރީފް

ސިފައިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަން ފާހަގަކުރައްވައި އަރީފް ވިދާޅުވީ މިއީ މަޖިލީހުގެ ތާރީހުގައި ވެސް ހިނގާދިޔަ އެންމެ ހުދުމުތާރު، އަނިޔާވެރި ދުވަސްތައް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރެއިން މަޖިލިސް މެމްބަރަކު ނެރެވޭނީ، މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ކަމެއް މެމްބަރަކު ކުރުމުން، އެ މެމްބަރަށް ރިޔާސަތުން ނަސޭހަތް ދިނުމަށް ފަހު، އެކަމެއް ތަކުރާރު ކުރައްވައިފި ނަމަ އެ މެމްބަރެއްގެ ނަން އިއްވާ، މަޖިލީހުގެ ޗެމްބަރުން ބޭރު ކުރުމެވެ. އެ މެމްބަރު ޗެމްބަރުން ނުނިކުމެއްޖެ ނަމަ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތުން އެ މެމްބަރަކު ޗެމްބަރުގެ ތެރެއިން ނެރުމަށް އައިސް އެމެމްބަރަށް "އިއްޒަތްތެރި މެމްބަރު" ނަމުން މުހާތަބު ކުރައްވައި މަޖިލީހުގެ ޗެމްބަރުގެ ތެރެއިން ނިކުމެވަޑައިގަތުމަށް އެންގުމުން، އެ އެންގެވުމަށް ތަބާނުވެއްޖެ ނަމަ ގަދަކަމުން އެ މެމްބަރު ޗެމްބަރުގެ ތެރެއިން ނެރެވިދާނެ އެވެ.

އެގޮތުން ޗެމްބަރުގެ ތެރެއިން މަޖިލިސް މެމްބަރު ނެރުމުގެ އިތުރުން މަޖިލީހުގެ އިދާރާއިން އެ މެމްބަރުން ނެރުމުގެ ބާރެއް ލިބިގެން ނުވެއެވެ.

ނަމަވެސް ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ ދޮރެއްގައި ތަޅު އެޅުވުމަށް ފަހު، މަޖިލިސް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ ފާރުމަތިންނާއި ފަހުން ދޮރާށި ހުޅުވައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެ ވަޑައިގެންނެވުމުން، ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ ވަރަށް އަނިޔާވެރިކޮށް މަޖިލިސް މެމްބަރުންނާ މެދު އަމަލު ކުރުމަށް ފަހު، މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރެފަ އެވެ.

ހޯމަ ދުވަހު މަޖިލީހުގެ އިދާރާގައި ރައިޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައެއެވެ.

މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އައި އެންމެ ކަޅު ދުވަސްގެ ގޮތުގައި ސިޔާސީ ލީޑަރުންގެ ގެންދަވަނީ ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 14:50
މުހަންމަދު
ރ.ނަޝީދުވެސް ވެރިކަމުގައި ޝިޔާމް ހަމަ އެސަކަރާތް ޖަހާ. ރ.ނަޝީދަށް އެނގިލައްވާނެ އެކަން. އަޅާނުލައްވާ ހުރި. ސިޔާމަކީ އޭނާގެ ކޮންމެވެސް އެއް ދަރިއެއެްގެ ކައިވެނި ޕާރޓީ ދަރުބާރުގޭގައި އޮތް އިރު އެތަނުގެ ޑެކަރޭޝަން މަަސައްކަތްތައް ހުދު ސިފައިން ލައްވާ ކުރިވި މީހެއް. ބަނޑޭރިކޮށިން ޑރ.ޝާހިދުމެން ފަދަ ގެދޮރު ހުރި މީހުންނަށް ފްލެޓް ދީ ހެދި. ބަޑިގުދަނުން ހަތިޔާރު ގެއްލުނު މައްސަލައާއި ލޯންޗުކޮޅު ގޮއްވާލި ހާދިސާގައި މުޅި ސިފައިންގެއާ ހަވާލުވެ ހުރި އޭނާ. އޭނާއަކީ ހަޤީޤަތުގައި ބަޑި ގުދަނުގެ ޒިންމާ އޮތް ފަރާތް. މަޖިލީހަށް ސިފައިންނާއި ފުލުހުން 24 ޖުލައި ދުވަހު ވަތް މައްސަލައިގައިވެސް އޭނާ ރެކި އެންމެ ފަހުވަގުތު އެެހެން އޮފިސަރުން ބައްދާލާނެ. އޭނާއަކީ ވަރުގަދަ ސޯލްޖަރެއް! މިހާރު އޭނާ އެހުރީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އޭނާ ދެކި އެނާގެ އަމަލުތައް ހުންނާނެގޮތް ވިސްނާލައްވާ! އަދިކިރިޔާ ރ.ނަށީދުވެސް އ.މެމްބަރުންނަށް ރެއަކާ ތިޔަ ލަނީ! މާ ލަހެއް ނުވެ ތިކަންވެސް ހަނދުމަ ނުހުންނާނެ.!