ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 10:57
ހާލަންޑް ސިޓީގެ ތިންވަނަ ގޯލް ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ހާލަންޑް ސިޓީގެ ތިންވަނަ ގޯލް ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
އާލިން ހާލަންޑް
ބާސެލޯނާއާއި ރެއާލް އަށް ދިޔަ ނުދިނުމަށް ހާލަންޑްގެ މުސާރަ އާއި އަގު މަތިކުރަނީ
 
އޭނާ ވިއްކަން މިހާރު ކަނޑައަޅާފައިވަނީ 218 މިލިއަން ޑޮލަރު

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވަޑް އާލިން ހާލަންޑްގެ މުސާރަ އާއި އަގު މަތިކުރަން އޭނާގެ ކުލަބުން މަސައްކަތް ފަށައިފި އެވެ.

ސިޓީން މި ގޮތަށް މަސައްކަތް ފެށީ ހާލަންޑްގެ ގަތުމަށް ސްޕޭނުގެ ބޮޑު ދެ ބާރުން ކުރިމަގުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވޭތީ އެވެ. ރެއާލްގައި ކުޅުންތެރިޔާ ގަތުމުގެ ގާބިލްކަން މިވަގުތު ވެސް އެބަހުއްޓެވެ. ބާސެލޯނާއިން ދަނީ އެކުލަބުގެ ދަރަނިކުޑަކޮށް މާލީ ކަންކަން އިންތިޒާމް ކުރަމުންނެވެ.

Advertisement

މިހެންވެ ސިޓީން މަސައްކަތް ކުރަމުންދަނީ ހާލަންޑްގެ މުސާރަ އަށް މިހާރު ހަފުތާއަކު ދެމުން އަންނަ 500 މިލިއަން ޕައުންޑް އިތުރުކުރާށެވެ. އަދި އޭނާ ވިއްކަން މިހާރު ކަނޑައަޅާފައިވާ 218 މިލިއަން ޑޮލަރުގެ ރިލީޒް ކްލޯސް އިތުރު ކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ސިޓީން މަސައްކަތް ކުރަނީ މި އަދަދު ދެގުނަ ކުރުމަށެވެ. ސަބަބަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ރިލީޒް ކްލޯސް ވެސް 500 ޑޮލަރަށްވުރެ މަތިކޮށްފައިވުމެވެ.

ހާލަންޑަކީ ޔޫރަޕުގައި މިވަގުތު ހުރި އެންމެ ވަރުގަދަ އެއް ފޯވަޑެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ސިޓީ އަށް ހަތަރު ތަށި ހޯދައިދޭން ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް