ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 14:12
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ޓްވިޓަރ
ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި
ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ ޓެކްސް އަށް މަކަރު ހެދިކަމަށް ތުހުމަތު ކުރާތީ
ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުން، މަޝްވަރާވެސް ވަނީ ކޮށްފައި

ރެއާލް މެޑްރިޑުގައި މަޑުކުރާނެކަމުގެ އިޝާރާތެއް އެޓީމުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދީފި އެވެ.

މާސާ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ މިދިޔަ އަހަރު ރެއާލްއާ އެކު ބޮޑެތި ތަށިތައް އަދި އިންޑިވިޖުއަލް ޓްރޮފީސްތައް ހާސިލްކުރެވުމުން އުފާވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެކަންތައް އަދިވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.

ޓްރާންސްފާ ބާޒާރު ހުޅުވުމާއެކު މިފަހަރު އެންމެ ބޮޑަށް ދެކެވެމުން ދިޔައީ ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ވާހަކައެވެ. އެގޮތުން އޭނާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާނެކަމަށް ދިޔައީ ބެލެވެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

ރޮނާލްޑޯ ރެއާލްގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ހުރެ ރިޓަޔާކުރަން ބޭނުންވާކަމަށާ ރެއާލްގެ ޖޯޒީއަކީ ލާން އެންމެ ފަސޭހަ ޖޯޒީކަމަށްވެސް މީގެކުރިން ބުނެފައެވެ.

ސްޕޯޓިން އިން ކެރިއަރު ފެށި އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 292 މެޗުގައި 118 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ޕްރިމިއާ ލީގް، އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑްކަޕް، ފުޓްބޯލް ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕަރކަޕް، ޔުއެފާ ސުޕަރކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް