Advertisement
ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 18:22
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރާއްޖޭގެ އިގްތިސާދު
ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވޭ: ރައީސް މުއިއްޒު
ދިވެހި ދައުލަތުގެ ދަރަނި ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ނިންމާނެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން

ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބް ކުރައްވާ ތަޤްރީރުކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި ކަމަށެވެ. މިކަންކަމުން އަރައިގަތުމަށް ވަރަށް ހަރުދަނާ ވަރަށް ހަލުހި ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

ރާއްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ނިންމައި، ހުޅުވާނެ ކަމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އައު ގޮތްތައް އިޖާދުކުރައްވާނެ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާއި ހަވާލުވާއިރު ދިވެހި ދައުލަތުގެ ދަރަނި އެކު ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި. ނަމަވެސް މިކަންކަމުން އަރައިގަތުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ހަރުދަނާ ވަރަށް ހަލުހި ފިޔަވަޅުތައް އަޅާނަން. ރާއްޖޭގެ އިގްތިސާދަށް މިއަދު މިވަނީ ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައި. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުމަށް ކޮންމެހެން ލާޒިމްވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ނިންމާ ޒަމާނީ އައު ޓަމިނަލް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހުޅުވާނަން. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގި ކަމެއް އަންނާނެ. މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެތައް ގުނައެއް ފަތުރުވެރިން ރާއްޖެއަށް އަންނާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ އުސް ތަނބަކީ ފަތުރުވެރިކަން ކަމަށެވެ. އަދި ވިދާޅުވީ ފަރުދީ ފެންވަރުގައި އާއިލީ ފެންވަރުގައި ގައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ ދިވެހި އެތައް އާއިލާއަކަށް ލިބޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެގޮތުން އެދާއިރާގެ މަސައްކަތްތައް ފުޅާކުރައްވައި، ފަތުރުވެރިކަމާއި ގުޅުންހުރި ޒަމާނީ އައުގޮތްތައް ތައާރަފް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެދާއިރާގައި މަސައްކަތް ކުރާ ޚިދުމަތްތެރިންނަށް ގެދޮރުވެރިކަން ހޯދާދެއްވުމަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް