ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 07:32
ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ
ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ
ގޫގުލް
ހޫގޯ ސްވަޔާ
ރައީސް ޔާމިން ވެރިކަމުގައި ހުންނެވުމުގެ ސައްހަކަން އަމިއްލަފުޅަށް ގެއްލުވާލައިފި: ހޫގޯ ސްވަޔާ
ރާއްޖެއަށް މިހާރުން މިހާރަށް ޑިމޮކްރަސީ ގެނަންޖެހޭ
ރާއްޖޭގައި ހިނގަމުންދަނީ ޤާނޫނާއި ހިލާފުކަންތައް
ހޫގޯ ސްވަޔަ ވަނީ 2016 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައި

ރައީސް ޔާމިން، އިތުރަށް ވެރިކަމުގައި ހުންނެވުމުގެ ސައްޙަކަން އެމަނިކުފާނު އަމިއްލަފުޅަށް ގެއްލުވާލައްވައިފި ކަމަށް ކޮމަންވެލްތު އޮފީހުގެ ކުރީގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.

 

އޭނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

 

ސްވަޔާ ކުރައްވާފާއިވާ ޓްވީޓްގައި ރާއްޖެއަށް މިހާރުން މިހާރަށް ޑިމޮކްރަސީ ގެނައުމަށް ވަނީ ގޮވާލައްވާފައެވެ.

އަދި އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ސްޓީލިން ޕެރަޑައިސް ޓެގް ކުރައްވައި ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ޤާނޫނާ ޙިލާފް ކަންތައްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ހޯމަ ދުވަހު ސަލާމަތީ ބާރު ތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންމަޖީލީހުގެ އިދާރާއިން ގަދަކަމުން ނެރުނު މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސް ރައީސް ޔާމިންގެ ސަރުކާރަށާއި އެމަނިކުފާނަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެއެވެ.

 

ބައިނަލްއަޤްވާމީ މީޑިޔާތަކުން ރާއްޖޭގެ މަސްރަޙް ސިފަކޮށްފައި އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކޮށްފައިވާ ހާލަތެއްގެ ގޮތުގައެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އިނގިރޭސި ވިލާތުން ވަނީ ޓްރެވެލް އެޑްވައިސްއެއް ނެރެފައެވެ.

 

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ މިފަދަ ދަނޑިވަޅުތަކުގައި ގައުމުތަކުން އަބަދުވެސް، މިފަދަ ޓްރެވެލް އެޑްވައިސްތައް ނެރެ އެވެ.

 

މިމަހުގެ ކުރީ ކޮޅު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، ރާއްޖެއަށް އިންވެސްޓަރުން ނައުމުގެ ޒިންމާ އުފުލަންޖެހޭނީ އިދިކޮޅުފަރާތްތަކުން ކަމަށެވެ.

 

ހޫގޯ ސްވަޔަ ވަނީ 2016 ވަނަ އަހަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާފައެވެ.

 

އެ ދަތުރުފުޅުގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބައްދަލު ކުރައްވައި ރާއްޖެއާ މެދު ހުރި ބައެއް ކަންބޮޑުވުންތަކާއި އަދި ދެގައުމު ދެމެދު ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރެއްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުގެ މައްސަލައާ ބެހޭ ގޮތުން ހޫގޯ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

 

- ކޮމެންޓް