ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 05:30
ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސަރވިސް ކޮމިޝަން
ސިވިލް ސާވިރސް ކޮމިޝަން
މައިންނަށް މަސައްކަތްކުރެވޭނެ ލުއި ގޮތް
ދަރިފުޅަށް ދެ އަހަރު ވަންދެން މައިންނަށް މަސައްކަތް ކުރެވޭނެ ލުއި ގޮތެއް ހަމަޖައްސައިފި
 
ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުނުވާނެ ގޮތަށް

ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަަކީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑަޅައިފިއެވެ.

އެ ކޮމިޝަނުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތިވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށްމަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުނުވާނެ ގޮތުގެ މަތިން ކަމަށް ސީއެސްސީން ބުނެއެވެ.

ނަމަވެސް، އެ މުއްދަތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ސީއެސްސީން ބުނެއެވެ.

ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މަންމަ އަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕަ އަށް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ވެސް ލިބޭނެ ގޮތަށް ހަމަޖައްސާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް