Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 23:14
މަޖިލީހުގެ އިދާރާ ކާއިރީ ފުލުހުން ހަރަކާތްތެރިވަނީ
މަޖިލީހުގެ އިދާރާ ކާއިރީ ފުލުހުން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
މަޖިލީސް އިދާރާގެ ބަޔާން
މިއަދު ހިނގައިދިޔަ ކަންކަމާ ގުޅިގެން މަޖިލީހުން ބަޔާނެއް ނެރެފި
ސަލާމަތީ ބާރުތަކުން މަޖިލީހުގެ ގޯތިތެރޭގައި ހަރަކާތްތެރިވީ ގާނޫނާ ހިލާފު ކަންތައްތަކެއް ބަޔަކު ކޮށްފާނެތީ
މި ބަޔާން ވަނީ މަޖިލީސް ވެބްސައިޓްގައި ޝާއިއުކޮށްފައި

ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަަވައިިދާ ހިލާފަށް މިއަދު ކަންތައްތަކެއް ކުރުމަށް ގޮވާލައި  މަޖިލީހުގެ ގޯތި ތެރޭގައި ބަޔަކު މަސައްކަތްތައް ކުރަމުން ގެންދިޔަކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ބަޔާނުގައި ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ގިނަ އަދަދެއްގެ މެމްބަރުން މިއަދު ގަދަކަމުން ވަންއިރު، މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ ޖުލައި 24 ވަނަ ދުވަހު ޖަލްސާއެއް އެޖެންޑާކޮށްފައި ނެތްކަމަށެވެ. 

ޖުލައި 24 ވަނަ ދުވަހު ޖަލްސާއެއް އޮންނާނެކަން މެންބަރުންނަށް އަންގާފައި ނޯންނާނެ ކަމަށާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެމަތިން އެ މައްސަލަ ބާތިލުވެފައިވާކަމަށް ޖުލައި 20 ވަނަ ދުވަހު ނައިބު ރައީސް މެންބަރުންނަށް އަންގާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ޕްރޮގްރާމުތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ 31 ޖުލައިގައިކަން މަޖިލީހުގެ މެންބަރުންނަށް އަންގާފައިވާ ކަަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެ އެވެ.

މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެފައިވަނީ މަޖިލީހުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ހިންގުމަށް ބަޔަކު މަސައްކަޔް ކުރުމުން ކަމަށް ވަނީ  މި ބަޔާނުގައި ފާހަގަކޮށްފަ އެވެ.

މަޖިލީހުން މިފަދަ ބަޔާނެއް ނެރެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިރު، މި ބަޔާނުގައި އެއްވެސް މީހެއްގެ ސޮޔެއް ނުވަތަ ނަމެއް ހިމެނިފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. އެހެން ނަމަވެސް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވިގޮތުގައި، މިކަމާ ގުޅިގެން އަމީންއާންމަށް ގުޅުމުން އެއީ އަމީންއާންމު ނެރުނު ބަޔާނެއް ނޫން ކަަމަށް ވިދާޅުވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 08:12
ގަމާރު
"އެ ބަޔާން ނެރުއްވި ބޭފުޅެއްގެ ނަމެއް، އަދި ތައްގަނޑެއް ވެސް އެ ބަޔާނަކު ނެތެވެ." ތީ މަޖިލީހުގެ ސައްހަ ބަޔާނަކަށް ނުވުން އެކަޝީގެން ވޭ. ސަބަބަކީ ތިބަޔާނުގަވެސް އެބަބުނޭ "މަޖިލިސް މެމްބަރުން ނޫން ބަޔަކު ވެސް މަޖިލީހަށް ވަތް ކަމަށެވެ." ވީމާ އެފަދަ ބަޔަކުވެސް ތިކަހަލަ ބަޔާން ފޮނުވަފާނެ. އަދި މަޖިލީހުން ސަލާމަތީ ބާރުތަކުގަ އެދުނީވެސް ތިފަދަ ކަަކުކަން ނޭގޭ ބަޔަކު މަޖިލީހަށް އެއިރުވަދެ ފޮނުވި ތިބާވަތުގެ ސައްހަނޫން ލިޔުމަކަށްކަމަށްވުންވެސް ވަރަށް ގާތް.