Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 22:21
ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެެރެއިން
ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެެރެއިން
މުހައްމަދު ޝަރުހާން
ޔޫކޭ ޓްރެވެލް އެޑްވައިޒަރީ
އިނގިރޭސި ވިލާތުން ރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީއެއް
އެއްވުންތަަކަށް ސަމާލުވުމަށް ވަނީ އެދިފަ

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އިނގިރޭސި ވިލާތުން ޓްރެވެލް އެޑްވައިސްއެއް ނެރެފި އެވެ.

އިނގިރޭވިލާތުން ނެރެފައިވާ، ޓްރެވެލް އެޑްވައިސްގައި ބުނެފައިވަނީ، ރާއްޖޭގެ ދިފާއީ ބާރުން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއަށް ވަނަ ނުދިނުމަށް ހުރަސް އަޅެމުގެ ސަބަބުން، އެ ސަރަހައްދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާދިޔަ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ހިނގާދިޔަ މިފަދަ ސިޔާސީ ހަލަބޮލި ކަންކަމުގައި ހަމަނުޖެހުންތަކުގެ އިތުރަށް މީހުން ހައްޔަރުކުރަމުންދާ ކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަމަށް ތަބާވުމަށާއި ބޮޑެތި އެއްވުންތަކައި މުޒާހަރާތަކާއި ރެލީތަކަށް ނުދިމަށް އިނގިރޭސިވިލާތުން ވަނީ އެގައުމުން ރާއްޖެއަށް އަންނަ މީހުންގެ ކިބައިން އެދިފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ މިފަދަ ދަނޑިވަޅުތަކުގައި ގައުމުތަކުން އަބަދުވެސް، މިފަދަ ޓްރެވެލް އެޑްވައިސްތައް ނެރެ އެވެ.

މިމަހުގެ ކުރީ ކޮޅު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ރާއްޖެއަށް އިންވެސްޓަރުން ނައުމުގެ ޒިންމާ އުފުލަންޖެހޭނީ އިދިކޮޅުފަރާތްތައް ކަމުގައިވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް