Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 21:46
ކުނޫޒް ސަރަހައްދު ބަންދުކުރުން
ކުނޫޒް ސަރަހައްދު ބަންދުކުރުން
ރާއްޖެ އެމްވީ
ކުނޫޒް ސަރަހައްދު ބަންދުކުރުން
ކުނޫޒް ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފި
ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވަނީ 08:30 ހާއިރުން ފެށިގެން
ކުނޫޒްގައި ކުރިން ބޭއްވުމަށް ހަމަޖެއްސި ޖަލްސާވަނީ އެމްޑީޕީ އޮފީހަށް ބަދަލުކޮށްފަ
މަޖިލީސް ސަރަހައްދުގެ ބޮޑު ބައެއް ވެސް ފުލުހުން ވަނީ ބަންދުކޮށްފަ

ކުނޫޒް ސަރަހައްދަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ ކުނޫޒް ސަރަހައްދު ބަންދު ކުރީ ގާނޫނު އަސާސީގެ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އަދި ގަވައިދުތަކުން އެއްވުން ބޭއްވުމަށް ކަނޑަ އެޅިފައިވާފައިވާ އުސޫލުތަކާ ހިލާފަށް އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާތީ ފަނޑިޔާރު މަގު ބަންދު ކުރީ ކަމަށެވެ.

ކުނޫޒު ސަރަހައްދު ބަންދުކުރީ އެއްވުމެއް ބާއްވަން އުޅޭތީ ކަމަށް ފުލުހުން ބުނިއިރު، ކުނޫޒުގައި ބޭއްވުމަށް ރާވާފައި އޮތީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެކެވެ. 

ކުނޫޒުގައި ޖަލްސާ ބޭއްވުމަށް ނިންމާފައި އޮތީ 9:30 ގަ އެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމާއި ގުޅިގެން ޖަލްސާ ވަނީ އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދަށް ބަދަލުކޮށްފަ އެވެ.

މާލެ ހަލަބޮލިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް ބަންދުކުރުމާ ގުޅިގެންނެވެ. މަޖިލީހުގައި ތަޅު އަޅުވާފައި ހުއްޓައި، މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަނެވެ. އެ މެމްބަރުން ގަދަބާރުން މަޖިލީހުން ނެރުނީ ފުލުހުން ވަދެ އެވެ. މިއީ މަޖިލީހުގެ އިދާރާއަށް މިފަދަގޮތަކަށް ފުލުހުން ވަދެގަތް ފުރަތަމަ ފަހަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް