Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 21:33
މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު
މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މެމްބަރުން މަޖިލީހަށް ވަޑައިގަތުމާއެކު އަމީންއާއްމު ވަޑައިގަތީ ގެއަށް!
މެމްބަރުން މަޖިލިސް އަށް ވެންނެވުމަށް ސެކިއުރިޓީން ފުރުސަތު ދިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަދައިގެންނެވުމާއެކު މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު ގެއަށް ވަޑައިގަންނަވައިފި އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހު މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި އެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު މެމްބަރުން ހިންގަވާފައި ވަޑައިގެން، މަޖިލީހުގެ އިދާރާގެ ތެރެއަށް ގަދަކަމުން ވަދެވަޑައިގެންނެވި ވަގުތު އަމީން އާންމު ހުންނެވި އެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ، އަމީން އާންމު ވަޑައިގަތެވެ. 

މަޖިލީހަށް ވަދެވެންހުރި ހުރިހާ ދޮރެއް ތަޅުލާފައި ހުރުމުން މަޖިލިސް މެމްބަރުން މަޖިލީހުގެ ފާރުމަތިންނާއި ދޮރާށި ހުޅުވުމުން ދޮރުންވެސް ބައެއް މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވާފަ އެވެ.

މަޖިލީހުގެ އިދާރާއަށް މެމްބަރުން ވެންނެވުމާއެކު ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ މެމްބަރުން ގަދަކަމުން ނެރެފަ އެވެ. މަޖިލިސް މެމްބަރުން މަޖިލީހުން ނެރުމުގެ ތެރޭގައި އެސްއޯ ފުލުހުން ވަރަށް ބޮޑަށް މެމްބަރުންނަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.  ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މަޖިލީހުގެ ތެރެއަށް ފުލުހުން ވަދެ، މެމްބަރުން ނެރެފައިވަނީ ކޮން އުސޫލަކުންތޯ، މަޖިލީހުގެ އަމީން އާއްމު އަރިހުން ސުވާލު ކުރުމުން އަމީންއާއްމު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަވަނީ ސިފައިން ކަމަށެވެ. އިތުރު މައުލޫމާތު ދެއްވުމަށް ދެކޮޅު ހެއްދެވިއިރު، އަމީންއާއްމު ހުންނެވީ ގޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް