ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 21:28
ކޭ ޔުނައިޓެޑާއި ސްޕޯޓިންގެ ވެކެންޒާ ބައްދަލުކުރި މެޗުގެ ތެރެއިން
ކޭ ޔުނައިޓެޑާއި ސްޕޯޓިންގެ ވެކެންޒާ ބައްދަލުކުރި މެޗުގެ ތެރެއިން
އަބްދުﷲ ޒިޔާން އަލީ
ޕާމް ބީޗް ސޮކާކަޕް
ކޭ ޔުނައިޓެޑް އާއި ސްޕޯޓިން ވެކެންޒާ ކުޅުނު މެޗް އެއްވަރުވެއްޖެ
މެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
އަންގާރަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އައިޑިއަލް މޫވްމެންޓް އާއި ކޮކޫން ފޫޓްބޯލް ޓީމް

ޕާމް ބީޗް ސޮކާ ކަޕްގައި ކޭ ޔުނައިޓެޑް އާއި ސްޕޯޓިން ވެކެންޒާ ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާގައި ހޯމަ ދުވަހު ވަހީރު ކުޅުނު މިމެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޭ ޔުނައިޓެޑަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝާހިދާއި، އަހުމަދު އިކްރާމް އެވެ. ސްޕޯޓިން ވެކެންޒާއަށް 2 ލަނޑުވެސް ކާމިޔާބުކޮށްދިނީ ހަސަން ނިޒާމް އެވެ.

މި މުބާރާތުގައި އަންގާރަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އައިޑިއަލް މޫވްމެންޓް އާއި ކޮކޫން ފޫޓްބޯލް ޓީމެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރައަށް ގެންދާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެގޮތުން ގްރޫޕް "އޭ" ގައި ހިމެނެނީ ޕާމް ބީޗް ސޮކާ ކްލަބް އާއި، ހިންނަވަރު އެފްސީ އާއި، ސްޕޯޓިން ވެކެންޒާގެ އިތުރުން ކޭ ޔުނައިޓެޑެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ކޮކޫން ފޫޓްބޯލް ޓީމާއި، ކުރެއްދޫ އެފްސީ އާއި، އައިޑިއަލް މޫވްމެންޓްސް އެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގައި ފެއާ ޕްލޭ ޓީމާއި، ޑްރީމް ޓީމާއި، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް