ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 17:55
އުރީދޫގެ ޚާއްސަ ޕްރޮމޯޝަން
އުރީދޫގެ ޚާއްސަ ޕްރޮމޯޝަން
އުރީދޫ
އުރީދޫގެ ޚާއްސަ ޕްރޮމޯޝަން
އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް
 
އެމް-ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެ
 
އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލް ގެ %10 އަބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެ
 
މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރުމަހުގެ ނިޔަލަށް

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފްކޮށްފައިވާކަމަށެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕަރލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭ ގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލް ގެ %10 އަބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން އަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަންއެއްކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއި، ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓްއެކެވެ.

މީގެއިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފައެވެ. ހަމައެއާއެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ. އަދި އެމް-ފައިސާ ގެ ފަސޭހަކަމާއި ޚާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ބޭނުން ކުރެވޭނެކަމަށް އުރީދޫ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް