Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 18:47
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް ހާލު ބެއްލެވުމަށް ރައީސް މައުމޫން ވަޑައިގެން
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް ހާލު ބެއްލެވުމަށް ރައީސް މައުމޫން ވަޑައިގެން
އަޒުމޫން އަހުމަދު
ގާސިމް އެޑްމިޓް ކުރުން
ނުވަ ދުވަހަށް ފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލައިފި
ގާސިމް އެޑްމިޓްކުރީ މިމަހުގެ 16 ވަނަ ދުވަހު
ފަރުވާ ހޯއްދެވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި
ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރި

ނުވަ ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން ގާސިމް ދޫކޮށްލުމާއެކު މިހާރު އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ގެކޮޅުގައެވެ.

ގާސިމް ފުރަތަމަ އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގައެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ގެންގޮސްފައިވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ. އެއަށްފަހު ޤާސިމަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީތަކަށް ޖަވާބު ނުލިބިގެން ސުޕްރީމް ކޯޓުގެ ހުއްދައަކަށް އެދިވެސް ވަނީ ހުށަހަޅާފައެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިން މައްސަލަ އެޗްއާރްސީއެމަށްވެސް ވަނީ ހުށަހަޅާފައެވެ.

ގާސިމް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް