ޓޮޓެންހަމްގެ މިޑްފީލްޑަރ މެޑިސަން އަށް އަނިޔާވެ, ޓޮޓެންހަމް އަށް ބޮޑު ގެއްލުމެއް ކުރިމަތިވެއްޖެއެވެ.
މިސީޒަންގައި ރަނގަޅު ނަތީޖާތަކަކާއެކު ކުރިއަށްދާ ޓޮޓެންހަމްގެ އިތުރުން އިނގިރޭސި ގައުމީ ޓީމްގެ މުހިއްމު މެޗުތަކެއްވެސް މެޑިސަން އަށް ގެއްލޭނެއެވެ. އޭގެތެރޭގައި ޕޮނޮވެމްބަރު މަހު ކުޅޭ ޔޫރޯ ކޮލިފައިންގެ މެޗުތައް ހިމެނެއެވެ. 26 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ 4-1 ން ޗެލްސީ އަތުން ބަލިވި މެޗުގައެވެ. މެޑިސަން އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ޖެނުއަރީ މަސް ނިމުމުން ކަމަށް ކްލަބުން ބުނެއެވެ.
ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ބުނީ އުއްމީދު ކުރިވަރަށްވުރެ މެޑިސަންގެ އަނިޔާ ބޮޑު ކަމަށެވެ. ޓޮޓެންހަމްގެ އިނގިރޭސި ފޯވާޑް ރިޗާލިސަން ވެސް އަނިޔާވެ, އޮޕަރޭޝަނަށް ފަހު ފަރުވާ ކުރިއަށްގެންދާތީ ހުރީ ޓީމާ ދުރުގައެވެ. އަދި މިކީ ވެން ޑި ވޭން ވެސް ހުރީ އަނިޔާފައެވެ. އަނިޔާގެ މައްސަލަތަކުގެ އިތުރުން ސަސްޕެންޝަންގެ ސަބަބުންވެސް ޓޮޓެންހަމްގެ މުހިއްމު ދެ ކުޅުންތެރިއަކަށް ކުރިއަށް އޮތް މެޗު ގެއްލޭނެއެވެ. ލީގުގައި ވުލުވުސްއާ ދެކޮޅަށް ކުޅޭ މެޗަށް ސަސްޕެންޑް ވެފައިވަނީ ކްރިސްޓިއަން ރޮމެރޯ އާއި ޑެސްޓިނީ އުޑޯގީ އެވެ. އެއީ ޗެލްސީ އަތުން ބަލިވި މެޗުގައި ދެއްކި ރަތްކާޑްގެ ސަބަބުންނެވެ.
ލީގު ތާވަލްގައި ޓޮޓެންހަމް އޮތީ ޕޮއިންޓެއްގެ ފަރަގަކާއެކު ދެވަނައިގައެވެ. އެއްވަނަ ގެއްލުނި ދެ ރަތްކާޑާއި, އަނިޔާގެ މައްސަލަތައް ކުރިމަތިވި މެޗުގައި ޗެލްސީ އަތުން ބަލިވުމުންނެވެ.