Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 18:58
ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ
ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ގާސިމްގެ މައްޗަށް ދައުވާކުރުން
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި
ގާސިމްގެ މައްސަލަ ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ 11:00 އަށް
މައްސަލަ ފޮނުވާލީ ޕީޖީ އޮފީހުގެ ލޯޔަރުން ޝަރީއަތަށް ވަޑައިނުގަތުމުން
އިންސާފުވެރިކާއެމާއެކު ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މިމައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ 11:00 އަށެވެ. 

ގާސިމްގެ މައްޗަށް އުފުލާފައިވާ މިދައުވާގެ ލިޔެކިޔުންތަށް މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވަނީ އެ ދައުވާގެ ލިޔެކިއުންތައް ގާސިމްއާ ހަވާލު ކުރައްވާފައެވެ. އޭގެފަހުން މިމަހުގެ 16 ވަނަ ދުވަހު މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލް ކޮށްފައިވަނިކޮށް އެދުވަހު ގާސިމްއަށް ސިއްހީ މައްސަލައެއް ދިމާވެ، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކުރައްވާފައެވެ. އަދި މިވަގުތުވެސް ގާސިމް ގެންދަވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވަމުންނެވެ.

ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތިން މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ބަދަލުކޮށްފިއެވެ.

މި ތިން މައްސަލަ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

ގާސިމްގެ މިމައްސަލަ މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. މައްސަލަ ކޯޓުން ބޭރުކޮށްލީ މިމަހުގެ 09 ދުވަހުގެރޭ ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީހަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުންނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުކޮށްލީ ޝަރީއަތް ފަސް ކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ. ނަމަވެސް ފަހުން ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އެކަންޏެވެ.

ގާސިމްގެ މައްސަލަ ކޯޓުން ކުރިން ބޭރުކޮށްލި އިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި އަބްދުލްބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް