ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި ހޮނިހިރު ދުވަހު ހުރިހާ އަތޮޅުތަކަށްވެސް ވިއްސާރަކުރާނެކަމަށެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.