Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 17:28
މެމްބަރުން ރޮޒައިނާ ނެރެގެން ގެންދަނީ
މެމްބަރުން ރޮޒައިނާ ނެރެގެން ގެންދަނީ
ރާއްޖެއެމްވީ
މަޖިލީސް ބަންދުކުރުން
މެމްބަރުން މަޖިލީހުން ނެރުނީ ސިފައިން އެދިގެން: ފުލުހުން
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމުން، ގަދަކަމުން މަޖިލީހުގެ އިދާރާއިން ނެރުނީ ސިފައިން އެދިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ބޭރުކުރީ ސިފައިން އެދިގެންތޯ ސުވާލުކުރުމުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު އަހްމަދު ޝިފާޒު ވިދާޅުވީ "ސިފައިން އެދުނު މިންވަރަށް ފުލުހުން ވާނީ އެހީތެރިކަން ފޯރުކޮށްދީފައި" ކަމަށެވެ.

"އިތުރު ކޮމްނެްޓެއް މިކަމުގައި ދެވޭނީ ސިފައިންނަށް ކަމަށް ދެކެން،" ޝިފާން ވިދާޅުވި އެވެ. ނަމަވެސް ސިފައިންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

ޝިފާން ފޮނުއްވި އެހެން މެސެޖެއްގައި ވިދާޅުވެފައި ވަނީ ފުލުހުން މަޖިލީހަށް ވަނީ ސިފައިން ފުލުހުންގެ ކިބައި އެހީތެރިކަމަށް އެދުުމުން ކަމަށެވެ. މަޖިލިސްގެ ސެކިއުރިޓީއަކީ ސިފައިން ބަލަހައްޓާ ޓާސްކެއް ކަމަށާއި ގާނޫނީ ގޮތުން ސިފައިންނަށް ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ފުލުހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ ކަމަށާއި ފުލުހުން މަޖިލީހުގައި ހަރަކާތްތެރިވީ ސިފައިން ފުލުހުންގެ ކިބައިން އެދިފައިވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުލުހުން މަޖިލީހުގެ ތެރެއަށް ވަދެ، މެމްބަރުން ނެރުނު މިއީ  ފުރަތަމަ ފަހަރެވެ.

މެމްބަރުން ނެރުމުގެ ތެރޭގައި ފުލުހުން ބައެއް މެމްބަރުންނަށް އަނިޔާކުރި މަންޒަރު ފެނުނެވެ.

ފުލުހުން މަޖިލީހުގެ އިދާރާއަށް ވަނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް