ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 15:10
މަޖިލީހުގެ މެންބަރު ހައްޔަރުކުރުން
މަޖިލީހުގެ މެންބަރު ހައްޔަރުކުރުން
ރާއްޖެއެމްވީ
މެމްބަރު ވަހީދު އާއި އަމީތު
މެމްބަރު ވަހީދު އާއި އަމީތު ހައްޔަރުކޮށްފި
ވައްޑެ އާއި އަމީތު ވަނީ ފުލުހުން ގެންގޮސްފަ
މިދެ މެންބަރުން ހައްޔަރު ކުރީ މަޖިލީހުގެ އިދާރާއަށް ވަނުމުން
މަޖިލީހުގެ އިދާރާއިން މެންބަރުން ވަނީ ނެރެފައި

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށްފި އެވެ.

މި ދެ މެމްބަރުން މިހާރު ވަނީ ހުސައިން އާދަމް ބިލްޑިންއަށް ގެންގޮސްފަ އެވެ. 

މެންބަރު އަމީތު އަދި މެންބަރު ވައްޑެ ހައްޔަރުކޮށްފައިވަނީ، މަޖިލީސް މެންބަރުން ނޫން ކަމުގައި މަޖިލީހުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ ކަމަށް ފުލުުހުންގެ ސްޕޯކްސްޕާސަން އަހްމަދު ޝިފާނު ވިދާޅުވި އެވެ. ނަމަވެސް އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާމެދު ހިލާފު އުފެދިފައިވާއިރު، ސުޕްރީމް ކޯޓުން އެކަމުގައި އަދި ގޮތެއް ނުނިންމަ އެވެ. 

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާމެދު ހލާފެއް އުފެދިއްޖެ ނަމަ، އެކަމެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން، މަޖިލީހަށް ވަނުމަށް 12:45 ގައި ކުނޫޒުން ނިކުތް ނަމަވެސް، ކުނޫޒް ހުންނަ މަގު ފަނޑިޔާރު މަހުގެ ދެ ފަރާތުން ގާތްގަނޑަކަށް 45 ވަރަކަށް މިނިޓް ފުލުހުން ވަނީ މެމްބަރުން ވަނީ ހިފަހައްޓާފަ އެވެ. އެ ސަރަަހައްދުން މެމްބަރުން ދޫކޮށްލުމުން، މެމްބަރުން މަޖިލީހުގެ އިދާރާއަށް ގޮސް ވަދެވަޑައިގަތެވެ. 

ނަމަވެސް އިރުކޮޅެއްގެ ފަހުން ފުލުހުން މަޖިލީހުގެ އިދާރާއަށް ވަދެ ގަދަކަމުން މެމްބަރުން ނެރުނެވެ. 

މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ގޭޓްތަކުގައި ތަޅުއެޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މިއަދު މެންދުރު މަޖިލީހަށް ވަޑައިގަންނަވާ ގޮތަށް ނިންމާފައިވާ ކަމަށާއި މެމްބަރުންނަށް ރައްޔިތުންގެ ތަރުހީބު ބޭނުންވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުބާރު މަސީހަށް ގެއްލި، އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމާއެކު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ

 

- ކޮމެންޓް