ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 14:11
މެންބަރު ފައިސަލް ނަސީމު
މެންބަރު ފައިސަލް ނަސީމު
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފި
ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބޭ
އަނިޔާވެފައިވަނީ މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތް ކުރަނިކޮށް
މަޖިލީހުގެ މެންބަރުންނަށް މަޖިލީހަށް ވަދެވުނީ، 01:45 ހާއިރު

އަނިޔާތަކަށް ފަރުވާ ދިނުމަށް، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

މެންބަރު ފައިސަލް އަށް އަނިޔާވީ މަޖިލީހުގެ އިދާާރާއަށް އަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައެވެ. އެގޮތުން މެންބަރުން ކޮއްޕާ، މެންބަރުންގެ ގަޔަށާއި އެ ސަރަހައްދުގައި ތިބި އާއްމުންގެ ގެޔަށް ޕެޕާ ސްޕޭ ޖަހާފައި ވެއެވެ.

ގިނަ މެންބަރުންތަކެއް މަޖިލިސް ތެރެއަށް ވެންނެވި ނަމަވެސް މަދު މެންބަރުންތަކަކަށް އެފުރުސަތު ލިބިވަޑައިގެންފައެއް ނުވެއެވެ. އޭގެ ތެރޭގައި ފައިސަލް ހިމެނިވަޑައިގަންނަވައެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން، މަޖިލީހަށް ވަނުމަށް 12:45 ގައި ކުނޫޒުން ނިކުތް ނަމަވެސް، ކުނޫޒް ހުންނަ މަގު ފަނޑިޔާރު މަގުގެ ދެ ފަރާތުން ގާތްގަނޑަކަށް 45 މިނިޓް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

އެހެން ނަމަވެސް މެންބަރުންނަށް ފަހުން ވަނީ، މަޖިލީހަށް ދިއުމުގެ ފުރުސަތު ދެއްވާފަ އެވެ.

- ކޮމެންޓް