ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 13:13
ޢަބްދުﷲ ޝާހިދު
ޢަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ޢަބްދުﷲ ޝާހިދު
ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް ހިތާމަވެރި ދުވަހެއް:ޝާހިދު
ސިފައިންނަށް ޖެހޭނީ މަޖިލިސް މެންބަރުން ހިމާޔަތް ކުރަން

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިއަދަކީ ވަރަށް ހިތްދަތި ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ސިފައިން މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސް ކުރާގެ ހިސޯރުކޮށް އެމަޖިލީހުގައި ތަޅު އަޅުވާފައިވާތީ އެކަމާ ގުޅޭ ގޮތުން މީޑިޔާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝާހިދު ވިދާޅުވީ މިއަދަކީ ބަރުލަމާނީ ހަޔާތުގައި ވަރަށް ހިތްދަތި ހިތާމަވެރި ދުވަހެއް ކަމަށާއި ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އެގޮތަށް ތަޅު ނޭޅުވޭނޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މެންބަރުންނަށް ހުރި ތަނެއް ކަމަށާއި ރައްޔިތުންގެ މަންދޫބުންނަށް އެމަޖިލީހަށް ނުވަދެވޭނެ ގޮތެއް ހެދުން އެއީ ވަރަށް ބޮޑު ޤާނޫން އަސާސީއާ އަދި ޤާނޫނާ ޚިލާފް ކަމެއް ކަމަށެވެ. އެކަން ކުރެއްވީ މަޖިލީހުގެ އަމީން ޢާއްމު ކަމަށްވިއަސް އަދި މަޖިލީހުގެ އިދާރީ އިސްބޭފުޅުން ކަމަށްވިއަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެބަޔަކު އެކުރީ ބޮޑުވެގެންވާ ޤާނޫނީ ކުށެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށާއި އެމީހުންގެ ޒިންމާއަކީ އެމަޖިލީހުގެ މެންބަރުން ހިމާޔަތް ކުރުން ކަމަށެވެ. ސިފައިން ޖެހޭނީ ހަމައެކަނި މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ނޫން ކަމަށެވެ.

ބާރު އޮތްކަމަށް ބުނެ އަބަދު ޤާނޫނާ ޚިލާފަށް ކަންކުރާކަށް ނުޖެހޭ ކަމަށާއި ވަކި ހިސާބަކުން ފަހަށް ޖެހިލާފައި ވިސްނަން ޖެހޭ ކަމަށެވެ. ރައީސް ޔާމީން ފަހަށް ޖެހެން ޖެހޭ ކަމަށާއި ރައްޔިތުންގެ ޙައްޤު އިސްކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 11:20
އެއީތޯމަޖިލިސްޖަލްސާބާއްވާގޮތަކީ
24 ޖުލައި 2017 | ހޯމަ 14:39
nanu
huriha nubaeh hadhanee kaleymen verikamuga thibegenves muzahara verikamun faibafaves muzahara mulhi mi gaumu fasadha kohfi ey