Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 12:35
ނޫސްވެރިޔާ އާލާ އިބްރާހިމް
ނޫސްވެރިޔާ އާލާ އިބްރާހިމް
ރާއްޖެއެމްވީ
އަބުރުގެ ގާނޫނު
އަބުރުގެ ގާނޫނުގެ ދަށުން އާލާ ޖޫރިމަނާ ފައިސާ ދައްކައިފި
އާލާ ވަނީ 50 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ
މިފައިސާ ދެއްކުމުގައި ދިޔާނާ ސައީދު ވަނީ އެހީތެރިކަން ދެއްވާފައި

އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީގެ ކުރީގެ ޖާނަލިސްޓް އާލާ އިބްރާހިމް ޖޫރިމާނާ ކުރުމުން އެފައިސާ ދައްކައިފި އެވެ.

މިކަން އޭނާ ވަނީ ޓްވީޓާގައި ހާމަކޮށްފައެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ 200،000ރ. އިން އަދި ޚަބަރު ތައްޔާރުކުރި އާލާ 50،000ރ. އިން ޖޫރިމަނާކޮށްފައެވެ. އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެ ޓީވީން އެ ފައިސާ ދައްކާފައިވީ ނަމަވެސް އާލާ އަށް ދިން މުއްދަތުގައި އެ ފައިސާ ނުދެއްކުމުން ކޮމިޝަނުން ވަނީ ޖިނާއީ ދައުވާ ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ފޮނުވާފައވެެ. ނަމަވެސް ގާނޫނުއަސާސީއާ ޚިލާފަށް އާލާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައި ނުވާ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އާލާ މައްސަލަ އަލުން ރިވިއުކޮށްފައެވެ. ނަމަވެސް ފަހުން ވެސް ނިންމީ އާލާ ޖޫރިމަނާކުރުމަށެވެ. 

އާލާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ފައިސާ ދައްކާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެ ކަމަށް އޭނާ ވަނީ ދިޔާނާ އަށް ޝުކުރު އަދާކޮށްފައެވެ. 

އެންމެ ފުރަތަމަ މި މައްސަލައިގައި އާލާ ޖޫރިމަނާކޮށްފައި ވަނީ މިއަހަރުގެ މަރޗު މަހު އެވެ. ޖޫރިމަނާކޮށްފައިވަނީ ސ.ހިތަދޫގައި ހިނގި ރޭޕުގެ ހާދިސާއަކާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެޓީޥީން ޚަބަރު ގެނެސްދިން އިރު މީގެއްގެ އަބުރަށް އަރައިގެންފައިވާތީ ކަމަށް ބުނެއެވެ.

އަބުރު ރައްކާތެރި ކުރުމުގައި ހިޔާލުފާޅުކުރުމުގެ ގާނޫނުގެ ދަށުން އަލާ އަކީ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރި ނޫސްވެރިޔާއެވެ. މިގާނޫނުގެ ދަށުން ރާއްޖެޓީވީ ވަނީ ދެ ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ޖުލައި 2017 | ހޯމަ 12:59
މިނިވަން މީހާ
ރާއްޖެ ޓީވީއިން އާލާގެ ޖޫރިމަނާވެސް ދައްކަންޖެހޭނެކަމަށް ޤަބޫލުކުރެވޭ އެއީ އޭނާ ޖޫރިމަނާކޮށްފައިވާ ވަޒީފާގެ ވާޖިބު އަދާކުރުމުން