ވާދަވަރި މެންޗެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި ރޭ ފޯވަޑް މާކަސް ރަޝްފޯޑް ނައިޓް ކުލަބަށް ދިޔުން ބަލައި ނުގަންނަ ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ޔުނައިޓެޑްގެ ފޯވަޑް ޗައިނާވައިޓް ނައިޓް ކުލަބުން ފެނުނީ ސިޓީ އަތުން 3-0އިން އޭނާގެ ޓީމު ބަލިވި މެޗަށް ފަހު އެރޭ ދަންވަރު އެވެ.
ރަޝްފޯޑްއާ ގާތް މީހުންނާ ހަވާލާދީ އިނގިރޭސި ނޫސްތަކުން ބުނެފައިވަނީ 26 އަހަރުގެ ފޯވަޑް ނައިޓް ކުލަބަށް ދިޔައީ ކުރިން ވެސް އެކަން ރޭވިފައި އޮތުމުން ކަމަށެވެ. އަދި އެއީ އޭނާގެ ގާތް ރައްޓެހިން ރަޝްފޯޑުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއެއް ކަމަށާއި މިކަން އޮތީ އެކަހެރި މާހައުލެއްގައި ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މިކަމާ ބެހޭ ގޮތުން އޭނާ ރަޝްފޯޑްއާ ވާހަކަ ދެއްކުމުން ކުޅުންތެރިޔާ މައާފަށް އެދިފައިވާ ކަމަށެވެ.
އޭނާގެ އެ އަމަލު އަހަރެން ބަލައިނުގަންނަން. އެކަމަކު އޭނާ ވަނީ މައާފަށް އެދިފައި. އޭނާ އަކީ ދަނޑުމަތީގައި މަސައްކަތް ކުރާ ކުޅުންތެރިއެއް. މިހެންވެ އަހަރެން އޭނާ ޓީމުގައި ހިމަނާނަން. އޭނާގެ ކުރި އަމަލު އެއޮތީ ނިމިފައި. އޭނާ މައާފަށް އެދުމުން އަހަރެން ވެސް އެކަން ބަލައިގަންނަންޓެން ހާގް