ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 09:30
ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޔުނައިޓެޑު ކުޅުންތެރިން އުފާ ފާޅުކުރަނީ
ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޔުނައިޓެޑު ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ކްލަބް ފްރެންޑްލީ
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި
ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 1-2 ގެ ނަތީޖާއަކުން

ކްލަބް ފްރެންޑްލީއެއްގައި ޕެނަލްޓީ ޖަހައިގެން ރެއާލް މެޑްރިޑްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑު ކުރިހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެގޮތުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 1-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ވަނީ ކާމިޔާބުކޮށްފައެވެ.

އެމެރިކާގެ ކެލިފޯނިއާގައި ކުޅުނު މި މެޗު ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އެންތޮނީ މާޝިއާލް ނަގައިދިން ހުރަހަކުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ދެޓީމުވެސް ނިކުތީ ގިނަ ބަދަލުތަކާއެކުގައެވެ. ދެވަނަ ހާފަށް އެޓީމު ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނާއެކު އެޓީމު ނިކުތްއިރު، އެޓީމުން ވަނީ ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކަސްމިރޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑަށްފަހުވެސް ރެއާލް އަށް ވަނީ ލީޑު ނެގުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުވެސް ހަމަހަމަވެފައިވުމާއެކު 15 މިނެޓުގެ ދެ ހާފް ނުކުޅެން ނިންމާ ޖެހީ ޕެނަލްޓީއެވެ.

ރެއާލް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. ރެއާލްގެ މަޓިއޯ ކޮވަސިޗް، އޮސްކާ ރޮޑްރިގޭޒް، ތިއޯ ބެނާޑޯ ފްރެންސިއޮސް އަދި ކަސްމީރޯ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވެއެވެ. އެހެންނަމަވެސް ރެއާލްގެ ލުއިސް މިގުއެލް ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުވާގޮތެއްނުވި އެވެ. ޔުނައިޓެޑުގެ އެންތޮނީ މާޝިއާލް، ސްކޮޓް މެކްޓޮމިނޭ، ނިލްސަން ލިންޑްލޯފް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވެއެވެ. އެހެންނަމަވެސް ހެންރިކް މިހްތަރިޔާން އަދި ޑެއިލީ ބްލިންޑް ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

 

- ކޮމެންޓް