ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 07:45
ދެވަނަ ޑިވިޝަންގައި ޒެފްރޯލް އަދި ކުޑަހެންވޭރު ބައްދަލުކުރި މެޗު
ދެވަނަ ޑިވިޝަންގައި ޒެފްރޯލް އަދި ކުޑަހެންވޭރު ބައްދަލުކުރި މެޗު
ފޭސްބުކް
މާލޭ ލީގު ކޮލިފައިން
ޒެފްރޯލް އަދި ކުޑަހެންވޭރު ކޮލިފައިންގައި ބައިވެރިނުވުމުން މާލޭ ލީގު ކޮލިފައިން ނުބާއްވާ ގޮތަށް ނިންމައިފި
ވިކްޓްރީ، އީގަލްސް، ޔޫވީ އަދި ވިކްޓްރީ ވަނީ މާލޭ ލީގު 2018 އަށް ޕްރޮމޯޓުވެފައި
ޒެފްރޯލް އަދި ކުޑަހެންވޭރު މާލޭ ލީގު ކޮލިފައިންގައި ބައިވެރިނުވީ މާލީ ތަނަވަސްކަން ނެތުމުން

މާލޭ ލީގު ކޮލިފައިން އިންދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލް އަދި ރަނަރަޕް ކުޑަ ހެންވޭރު ޔުނައިޓެޑް ވަކިވުމުން މާލޭ ލީގު ކޮލިފައިން ނުބާއްވާ ގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މާލޭ ލީގު ކޮލިފައިންގައި ހަ ޓީމެއް ވާދަކުރާއިރު، އޭގެ ތެރެއިން ހަތަރު ޓީމު މާލޭ ލީގަށް ޕްރޮމޯޓުވެއެވެ. ބާކީ ދެ ޓީމު ކުޅެން ޖެހޭނީ ދެވަނަ ޑިވިޝަންގައެވެ. އެހެން ނަމަވެސް ކޮލިފައިންގައި ޒެފްރޯލް އަދި ކުޑަހެންވޭރު ބައިވެރިވެފައި ނުވާތީ ކޮލިފައިން ނުބާއްވާ ގޮތަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޒެފްރޯލް އަދި ކުޑަހެންވޭރު މާލޭ ލީގު ކޮލިފައިންގައި ބައިވެރިވެފައި ނުވަނީ މާލީ ސަބަބުތަކަށްޓަކައެވެ. އެގޮތުން ކޮލިފައިން ނުކުޅެ 2018 ވަނަ އަހަރު އޮންނަ މާލޭ ލީގަށް ޕްރޮމޯޓުވެފައި ވަނީ ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓްރީ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ކޮލިފައިން ނުކުޅެ އެ ހަތަރު ޓީމު މާލޭ ލީގަށް ޕްރޮމޯޓްވިކަން އަންގާ އެފްއޭއެމް އިން ވަނީ ސިޓީ ފޮނުވާފައެވެ. މި ހަތަރު ޓީމަކީ މިފަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން، ޕްރިމިއާ ލިގު ކުޅެން ފުރުސަތު ނުލިބުނު ޓީމުތަކެވެ.

އެފްއޭއެމްގެ މި ނިންމުމާ އެކު ވިކްޓްރީ، އީގަލްސް، ޔޫވީ އަދި ވިކްޓްރީ އަށް ވަނީ މި ސީޒަން ނިމިފައެވެ. އެ ކްލަބްތައް އެފްއޭކަޕްގައި ބައިވެރިވާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން މާލޭ ލީގު ކޮލިފައިން ކުޅެން ނުޖެހުމުން އެޓީމުތަކަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެޓީމުތަކުން އެހެން ޓީމުތަކަށް ކުޅުންތެރިން ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަޑުތައް ދަނީ ފެތުރެމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް