Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 05:17
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ކުނޫޒް ޖަލްސާ
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ
އެންމެހާ މިނިވަން މުއައްސަސާތައް ބޭނުންކުރަމުންދަނީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް
މިއަދު ފެެންނަ ހަގީގަތަކީ ނޫސްވެރިންނަށް ބިރުދައްކާ، ގެއްލުވާލާ، ކަތިލަމުންދާ މަންޒަރު

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނެކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދަޅުވެއްޖެއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިދާތާ ޝަރީފް ވިދާޅުވީ، މި ވެރިކަމުގައި އެންމެހާ މިނިވަން މުއައްސަސާތައް ބޭނުންކުރަމުންދަނީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށްކަމަށެވެ.

 

ރައްޔިތުންގެ ފައިސާއިން މުސާރަދީފައި، ގާނޫނުން އެބޭފުޅުންނަށް މިނިވަންކަން ދީފައި އެ ތިއްބެވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްކަމަށާއި ރައްޔިތުންނަށް އަނިޔާކުރުމަށް ނޫންކަމަށް ޝިދާތާ ވިދާޅުވިއެވެ. ރައްޔިތުންނަށް މި ސަރުކާރުން އަނިޔާވެރިވަމުންދާއިރު ހިއުމަން ރައިޓްސް ކޮމިޝަން ކޮބައިތޯ ޝިދާތާ ވަނީ ސުވަލުކުރައްވާފައެވެ.

 

ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނޫސްވެރިންނަށް ތިމަން މަނިކުފާނުގެ ސަރުކާރުގައި ފުޅާ ޖާގަ ދެއްވާނޭކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށާއި، އެހެން ނަމަވެސް މިއަދު ފެެންނަ ހަގީގަތަކީ ނޫސްވެރިންނަށް ބިރު ދައްކާ، ގެއްލުވާލާ، ކަތިލަމުންދާ މަންޒަރުކަމަށެވެ. މީގެ އިތުރުން ނޫސްވެރިން ގެނެސްދޭ ޚަބަރަކުން އެ ނޫސްވެރިންގެ މައްޗަށް ބޮޑެތި ދައުވާތަށް އުފުލާ ޝަރީއަތްކޮށް ބޮޑެތި ހުކުމްތައް ޖަހަމުންދާކަމަށް ވެސް ޝިދާތާ ވިދަޅުވިއެވެ.

"ޓްވީޓްކޮށްގެން އެބަ ހުއްޓޭ މީހުން ގެންގޮސް ޖަލަށްލާފައި. އެވަރަށް މީހުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވަން މިބޭފުޅުން މި މަސައްކަތް ކުރައްވަނީ،މިޖާގައެއް އަޅުގަނޑުމެން ނުދޭނަން" ޝިދާތާ ވިދާޅުވިއެވެ.

 

ބްރޯޑްކޮމްއަށް ފާޑު ވިދާޅުވަމުން ޝިދާތާ ވިދާޅުވީ، އެބޭފުޅުންނަށް ފިޔަވަޅުއަޅަން ފެންނަނީ ބައެއް ސްޓޭޝަންތަކަށް ކަމަށާއި، ދާދިފަހުން ރައީސް މައުމޫނުގެ އަބުރުފުޅަށް ވަރަށް ބޮޑަށް އަރައިގަނެ ޓީވީ ޗެނަލްއަކުން މަންޒަރުތަކެއް ބްރޯޑްކާސްޓް ކުރުމުން ސުވާލެއްހާ ހިސާބުވެސް ކޮށްނުލާކަމަށް ޝިދާތާ ވިދާޅުވިއެވެ.

 

ވަރުބަލިކަމެއް ބެތި މި މަސައްކަތުގައި ދެމި ތިބޭނޭ ކަމަށާއި، ވަކިވަކި އެންމެން ގެންގޮސް ޖަލަށް ލިޔަސް ހިތްވަރު އެލުވާނުލައި ކުރިއަށްގޮސް ކާމިޔާބު ކުރާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް