ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 05:13
މަހްލޫފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
މަހްލޫފް: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީޕާޓީތައް
މަޖިލީހަށް ވަންނަން ހުރަސްއަޅާނަމަ އެހުރަސްއެޅެނީ ޤާނޫނާ ޚިލާފަށް:މަހްލޫފް
ރާއްޖެ މިއޮތް ޤާނޫނީ ހުސްކަމުން ސަލާމަތް ކުރެވެން އޮތީ ސުޕްރީމް ކޯޓަށް
ގޮނޑިއެއް ނުގެއްލޭނެ. ގެއްލިއްޖިއްޔާ އެގޮނޑިތައް ނަގާނަން
ފުލުހުންނަށް ބިރުދައްކަން އުޅޭ ކަމަށް ވާހަކަ ދައްކަނީ އޮޅުވާލުމަށް. އެފަދަ ކަމެއް ކުރާކަށް ނޫޅެން

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަންނާނެ ކަމަށާއި މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަންނަން ފުލުހުންނާއި ސިފައިން ހުރަސް ނޭޅުމަށް ގޮވާލައްވާ ކަމަށާއި ހުރަސްއަޅައިފިނަމަ އެކަން ކުރެވޭނީ ޤާނޫނީ އިމުގެ ބޭރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މަހްލޫފު ވިދާޅުވީ ރާއްޖެ މިވަނީ ރައީސް ޔާމީންގެ ސަބަބުން ޤާނޫނީ ހުސްކަމަކަށް އައިސްފައި ކަމަށާއި އެކަން ހައްލު ކުރެވެން އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެކަން ކޮށްދެއްވުމަށް ގޮވާލައްވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށާއި އެމެންބަރުންގެ ގޮނޑި ގެއްލިއްޖިއްޔާ މަހްލޫފްގެ ގޮނޑި ގެއްލެންދެން ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގޮނޑި ގެއްލިއްޖިއްޔާ 99 ޕަސެންޓް ޔަޤީންކަމާއެކު އެގޮނޑިތައް އަނބުރާ ހޯއްދަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ހޯމަ ދުވަހު މެންބަރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާއިރު ހިތްވަރު ދިނުމަށް ހުރިހާ ރައްޔިތުން ވެސް ދިއުމަށް މަހްލޫފު ގޮވާލެއްވި އެވެ. މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު، ސަލާމަތީ ބާރުތަކުން އެ ބޭފުޅުންނަށް ހުރަސް އެޅުއްވުމަކީ، ފަނޑިޔާރުން ކޯޓަށް ވަޑައިގަތުމަށް ހުރަސް އެޅުއްވުން ފަދަ ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ވަޑައިގަތުމަށް ހުރަސް އެޅުންފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރުންނަށް ހުރަސް އެޅުން ވެގެންދަނީ މަހްލޫފު ވިދާޅުވި ގޮތުގައި ސަލާމަތީ ހިދުމަތްތަކުން ގާނޫނާ ހިލާފަށް ކުރައްވާނެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުންނާއި ދިވެހިރައްޔިތުން ބޭނުންވަނީ ފުލުހުންގެ އާއިލާތަކަށް ކަމެއް ކޮށް ބިރުދައްކަން ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އެފަދަ ބިރުވެރިކަމެއް އުފެއްދުމަށް ސަރުކާރާއި ފުލުހުންގެ ފަރާތުން ދޮގު ބަޔާންތައް ނުނެރުމަށްވެސް މަހްލޫފު ގޮވާލެއްވި އެވެ.

 

- ކޮމެންޓް